20 އޭޕްރީލު 2017 ގައި އައިޝްވަރިޔާރާއި އަދި އަބީޝެކް ބައްޗަންގެ ކައިވެނި ކުރެވުނުއިރު ވަރަށްގިނަ މީހުންގެ ސަމާލުކަމަށް އެމީހުންގެ ކައިވެނި ވެގެން ދިޔައެވެ. 20 އެޕްރީލް 2022 ގައި އެމީހުންގެ ކައިވެންޏަށް 15 އަހަރުވެގެން ދިޔައިރު އެއީ ނަމޫނާ ދެމަފިރިންކަމަށް އެމީހުންނަށް ތާއިދުކުރާ ގިނަ މީހުން ދަނީ ބުނަމުންނެވެ.
އެމީހުންގެ 15 އަހަރުވީ ކައިވެނީގެ ދުވަހު ހަނދާނަށް އަންނަނީ އަބީޝެކަށް އޮޕެރާ ޝޯގައި ކުރެވުނު ސުވާލަކަށެވެ. އެއީ ދުނިޔޭގެ އެންމެ ރީތި އަންހެންމީހާއާއި ކައިވެނި ކުރެވުމަކީ ކޮންކަހަލަ ކަމެއްތޯ އެހުމުން ދިން ޖަވާބެވެ. ސުވާލުކުރެވުނު ހިނދު ޖެހިލުމެއްވެސް ނެތި އޭނާ ބުނީ އެއީ ލޮލަށް ލިބުނު ފިނިކަމެއް ކަމަށެވެ.
"އައިޝްވަރިޔާއަކީ ރީތި އަންހެނެއް. އޭނާ ހެނދުނު ހޭލާއިރުވެސް ހުންނަނީ ހަމަ މިހާރުވެސް ހުންނަގޮތަށް ވަރަށް ރީތިކޮށް. ހެނދުނު އަދި މާރީތި." އޭނާ އިތުރުކޮށްލަމުން ސަމާސާ ރާގަކަށް ބުންޏެވެ. އެއަށް ރައްދުދީ އައިޝްވަރިޔާ ބުނަނީ އޭނާ އަބީޝެކާއި ކައިވެނިކުރީވެސް އެކަހަލަ މަޖާ ވާހަކަތައް ދައްކާތީ ކަމަށެވެ.

އެ ދެމަފިރިންނަށް އަންހެން ދަރިއެއް ލިބިފައިވާއިރު އެ ދަރިފުޅުގެ ކަންކަމުގައި ދެމީހުންވެސް ބައިވެރިވެއެވެ. އަދި އައިޝްވަރިޔާގެ މަސައްކަތްތަކަށް އަބީޝެކް އަބަދުވެސް ތަޢުރީފް ކުރެއެވެ. އައިޝްވަރިޔާއަކީ ލިބުނު ވަރަށް ބޮޑު ނަސީބެއްކަމަށާއި އޭނާ އަކީ އަބީޝެކްގެ ކޮންމެ ކަމެއްގައިވެސް އިމޯޝަނަލް ސަޕޯޓް ދޭ މީހެއްކަމަށް އޭނާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ. އައިޝްވާރިޔާ ފާހަގަ ކުރާގޮތުގައި އެދެމީހުން ކުދިކުދި ކަންތައްތަކާއި މައްސަލަޖެހި ޒުވާބު ކުރާފަހަރުވެސް އާދެއެވެ. ނަމަވެސް އެއިން ކޮންމެފަހަރަކުވެސް އެމީހުންގެ ކައިވެނީގެ ބަދަހިކަން އިތުރުވެގެން ދެއެވެ.
