ކަނޑުކުކުޅު

ބޭނުންވާ ތަކެތި:

2 ގަނޑު ރޯމަސް (ތުނިކޮށް ފޮތިކޮށްފައި)

1 ޖޯޑު ހަވާދު (ފުނޑާފައި)

ފަންވަތް (މަސްފޮތި ބަނުމަށް)

2 ޖޯޑު ކާށިކިރު

½ ޖޯޑު ކާށިކިރު (ބޯކިރު)

1 ފިޔާ

1 ލޮނުމެދު

1 ގިތެޔޮ މިރުސް

2 ކޯޅި ހިކަނދިފަތް

ރާނބާފަތް

ލޮނު (ރަހަލާ ވަރަށް)

ތެޔޮ

ތައްޔާރު ކުރާނެގޮތް:

ތުނިކޮށް ފޮތިކޮށްފައިވާ މަސްފޮތިތަކުގެ ތެރޭގައި ހަވާދު އުނގުޅާށެވެ. ބައެއް މީހުން ރޯ ހަވާދު ބޭނުން ކުރެއެވެ. އަދި ބައެއް މީހުން ދެވި ހަވާދު ބޭނުން ކުރެއެވެ. ބޭނުންގޮތެއް ޚިޔާރު ކުރާށެވެ. އެއަށްފަހު، މަސްކޮޅުތައް ރީތިކޮށް އޮޅާލުމަށްފަހު، ކޮންމެ މަސްކޮޅެއް، ރާނބާ ފަތްކޮޅެއް ނުވަތަ ފަންވަތް ކޮޅަކުން، އައްސާލާށެވެ.

ފިޔާގަނޑު މީރުކުރުމަށްޓަކައި ތެއްޔަކަށް ތެޔޮފޮދުއަޅާ ހޫނުވުމުން، އޭގެ ތެރެއަށް ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ހިކަނދިފަތް އަދި ރާނބާފަތް ކޮށާލުމަށްފަހު، އަޅާށެވެ. ފިޔާކޮޅު ރަތްވުމުން، ފުނޑާފައިވާ ހަވާދުކޮޅުގެ ބާކީބައި އަޅައި، އެއްކޮށްލާށެވެ. ދެން ހެޔޮވަރު ވަރަކަށް ލޮނުއަޅާށެވެ.

މަސްކޮޅު ހަވާދުގެ ތެރޭގައި ކެކެން ފެށުމުން އޭގެ ތެރެއަށް 2 ޖޯޑު ކާށިކިރު އަޅާށެވެ. ދެން އިރުކޮޅަކު ކައްކާލާށެވެ. އެއަށްފަހު، ރިހަ ކެކެންފެށުމުން ތައްޔާރު ކުރި މަސްކޮޅުތައް އަޅާލާ ރޯފިލަންދެން ބަހައްޓާށެވެ. ރަނގަޅަށް ކެކެން ފެށުމުން އޭގެ ތެރެއަށް ބޯކިރުފޮދު އަޅާށެވެ. މަޑު ގިނީގައި ބަހައްޓައިގެންް ކައްކާލާށެވެ. މިހާރު އެހުރީ ކަނޑުކުކުޅު ތައްޔާރު ކުރެވިފައެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *