ބޭނުންވާނެ ތަކެތި:
1 ބޯވަ (ކޮށާފައި)
6 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 ފިޔާ (ތުނިކޮށް ކޮށާފައި)
1 ފެހި ބެލް ޕެޕަރ (ހިމަކޮށް ދިގުކޮށް ކޮށާފައި)
1 ރަތް ބެލް ޕެޕަރ (ހިމަކޮށް ދިގުކޮށް ކޮށާފައި)
3 ކެޕްސިކަމް
4 ލޮނުމެދު (ޗިސްކޮށްފައި)
އިނގުރުކޮޅެއް
ހިކަނދިފަތް
ރާނބާފަތް
ލޮނުމިރުސް ހަވާދު
ލުނބޯހުތް
ލޮނު
ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ކޮށާފައިވާ ބޯވަތައް މަޑުގިނީގައި ރޯފިލުވާށެވެ. ރޯފިލުވާއިރު ލޮނުކޮޅަކާއި ލުނބޯހުތްކޮޅެއް އެޅުމުން ބޯވަކޮޅު ވަރަށް މަޑުވާނެއެވެ. ބޯވަ މަޑުވީމާ އެހެން ތެއްޔަކަށް ތެޔޮކޮޅެއް އަޅާ ފިޔާ، ލޮނުމެދު، އިނގުރު، ހިކަނދިފަތް އަދި ރާނބާފަތް އަޅާށެވެ. ފިޔާގަނޑު ވަޅޯވުމުން އޭގެ ތެރެއަށް ޓޮމާޓޯ، (ބައެއްމީހުން ޓޮމާޓޯ ސޯސް ބޭނުންކުރެއެވެ.) ބެލް ޕެޕާ އަދި ކެޕްސިކަމް އަޅާ މަޑުކޮށްލާށެވެ. ދެން ލޮނުމިރުސް ހަވާދު އަދި ލޮނުކޮޅެއް އަޅާށެވެ. ދެން މަޑު ގިނީގައި ކައްކާށެވެ.
