ބޭނުންވާ ތަކެތި
1 ދޮންކެޔޮ (ކޮށާފައި)
2 ޖޯޑު އަލަނާސި (ކޮށާފައި)
½ ޖޯޑު ކާށި (ކޮށާފައި)
½ ތަށި ފުލްކުރީމް ކިރު
މާމުއި ނުވަތަ ހަކުރު
ހަދާނެ ގޮތް:
ފުރަތަމަ ކޮށާފައިވާ ދޮންކެޔޮ އަލަނާސި އަދި ކާށި ކޮޅުތައް ކޮތަޅަކަށް އަޅާ ރަނގަޅަށް ބަންދު ކުރުމަށްފަހު ފުރިޖަށްލާ ގަނޑުކޮށްލާށެވެ. ދެން ކިރާއި ގަނޑުކުރި ދޮންކޭލާއި އަލަނާސި އަދި ކާށި މިކްސަރަށް އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން ފޮނިރަހަ ލައްވަން ބޭނުންވާ ވަރަކަށް މާމުއި ނުވަތަ ހަކުރު އަޅާށެވެ.
