ބޭނުންވާ ތަކެތި
2 މޭޒުމަތީ ސަމުސާ ޒައިތޫނިތެޔޮ
1 ޖޯޑު ބީފް (ކޮށާފައި)
3 ބެލްޕެޕަރ (ތިންކުލައިން)
½ ޖޯޑު ސޯޔާސޯސް
1 މޭޒުމަތީ ސަމުސާ ޒުވާރި ފުށް
1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ ނުވަތަ ތިލެޔޮ ތެޔޮ
އަސޭމިރުސް
ލޮނު
ހަދާނެ ގޮތް:
ތެއްޔަކަށް ތިލޮޔެ ނުވަތަ ޒައިތޫނި ތެޔޮގެ އަޅާށެވެ. ކުޑަކޮށް ހޫނުވުމުން ބެލްޕެޕަރއާއި ފިޔާ ކޮޅުއަޅާ މަޑުގިނީގައި ވަޅޯކޮށްލާށެވެ. ރަނގަޅަށް ވަޅޯވުމުން ތެލިން ނަގާ އެހެން ތަށްޓަކަށް އަޅާށެވެ. އެއަށްފަހު އެ ތެއްޔަށް ތެޔޮކޮޅެއް އަޅާ ހޫނުކުރާށެވެ. ތެލީގެތެރެއަށް ގެރިމަސްކޮޅާއި އަސޭމިރުހާއި ލޮނުކޮޅެއް އަޅާ ގެރިމަސްކޮޅު މަޑުކުރާށެވެ. ދެން ލޮނުމެދާއި އިނގުރު އަޅާށެވެ. ދެން ކުރިންހެދި ފިޔާކޮޅުއަޅާ ކައްކާލާށެވެ. އެއަށްފަހު ސޯޔާސޯސް އަޅާ ޒުވާރި ފުއްކޮޅު އަޅާ ކައްކާލާށެވެ.
