ނުހަނު އަވަހަށް އިސްތަށިގަނޑު ދިގުކޮށްލާނެ ފަރުވާއެއް

އިސްތަށިގަނޑު މާބޮޑަށް ހިކުމާއި، ދެކަފިވުމާއި އަދި ރާޅުވުމަކީ ބޮލުގެ އިސްތަށިގަނޑު ހަލާކުވެ އިސްތަށި ފައިބާން ދިމާވާ ކަންކަމެވެ. އިސްތަށި ފޭބުމަކީ ކޮންމެ މީހަކުވެސް ވަރަށް ދެރަވާނެ ކަމެކެވެ. އޯބަތުން އިސްތަށިގަނޑަށް ފަރުވާކުރާނަމަ އިސްތަށިގަނޑު 30 ދުވަހުގެ ތެރޭގައި ރަނގަޅުވާކަމަށްވެއެވެ.

އޯބަތަކީ އިސްތަށިގަނޑުގެ ވިދުން ގެނެސްދޭ އަދި އިސްތަށިގަނޑު ދިގުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އޯބަތަކީ އިސްތަށިގަނޑު މާބޮޑަށް ހިކުމުން ދުރުކޮށްދޭ ނުރަޖެހުންވެސް ލަސްކޮށްދޭ ގުދުރަތީ މާއްދާއެކެވެ. ޚަރަދުކުޑަކޮށް ތައްޔާރުކޮށްލެވޭނެ ފަރުވާއެއް ތިރީގައި މިވަނީއެވެ.

ބޭނުންވާނެ ތަކެތި:

3 ސަމުސާ އޯބަތް

1 ތަށިފެން

ތައްޔާރު ކުރާނެގޮތް:

އޯބަތްކޮޅު ރަނގަޅަށް ދޮވެލުމަށްފަހު ރޭގަނޑު ފެނުއަޅާފައި ބަހައްޓާށެވެ. ފެނުގައި ބެހެއްޓުމަށްޓަކައި ބިއްލޫރިތައްޓެއްގެ ފެން ރަނގަޅުވާނެއެވެ. ހެނދުނުވުމުން އޯބަތްކޮޅު އަޅާފައިވާ ފެންފޮދު ފުރާނާލާށެވެ. ދެން އެ ފެންފޮދު ސްޕުރޭ ކުރެވޭނެކަހަލަ ފުޅިއަކަށް އަޅާ ށެވެ. ބޮލުގެ އިސްތަށިގަނޑުގައި ހަންފޮޅުން ކަހަލަ ކަމެއް ހުންނަނަމަ ގަނދަކޯޅި ފަތުގެ ދިޔަކޮޅެއް އަޅާށެވެ. ދެން ރަނގަޅަށް ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވެލުމަށްފަހު އިސްތަށިގަނޑު ބުޑަށް ތައްޔާރުކުރި އޯބަތުފެން ސްޕްރޭކުރާށެވެ. ފަސްވަރަކަށް މިނިޓް ބެހެއްޓުމަށްފަހު ފެނުން ދޮވެލާ އިސްތަށިގަނޑު ހިއްކާލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *