ސެމީގެ ފުރަތަމަ ލެގުގެ ކުރިމަތިލުން ސިޓީއަށް.

ޗެމްޕިއަންސް ލީގު؛ ސިޓީ އާއި މެޑްރިޑް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބައްދަލު ކުރި މެޗު 4-3 ކުން ސިޓީ ކަމިޔާބު ކޮށްފިއެވެ. މަހްރޭޒް ތަނަވަސް ކޮށްދިން ފުރުސަތުން މެޗުގެ ދެވަނަ މިނެޓުގައި ޑިބްރޭނާ ލީޑު ނެގިއެވެ. އެގާރަ ވަނަ މިނެޓުގައި ޑިބްރޭނާ ދިން ފުރުސަތަކުން ޖެސުސް ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާ ކުރިއެވެ. ސިޓީން ތިންވަނަ ލަނޑެއް ޖެހުމާއި ގާތަށް ދިޔަ ނަމަވެސް މަހްރޭޒް ގެ ފުރުސަތު ބޭކާރު ވިއެވެ. ނަތީޖާ އަކަށް ވީ 33 ވަނަ މިނެޓުގައި މެންޑީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ބެންޒަމާ ގޯލް ޖަހާ ފަރަގު ކުޑަ ކުރިއެވެ. މި ގޯލާއި އެކު ފުތަރަމަތަ ހާފު ނިމުނީ 2-1 ގެ ނަތީޖާ އިންނެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅު 53 ވަނަ މިނެޓުގައި ފޯލްޑެން ލަނޑު ޖަހާ އަލުން ދެ ގޯލުގެ ލީޑު ހޯދީ ފެނަންޑީނިއޯ ތަނަވަސް ކޮށްދިން ފުރުސަތުންނެވެ. އަދި 55 ވަނަ މިނެޓުގައި ވިނިސަސް ޖޫނިއާގެ ގޯލުން 3-2 އަކަށް ނަތީޖާ ބަދަލު ވިއެވެ. ފޯރިގަދަ ކޮށް ދިޔަ މިމެޗުގައި 74 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާ ގޯލެއް ޖަހައި 4-2 ކަށް ނަތީޖާ ބަދަލު ކުރި ނަމަވެސް 82 މިނެޑުގައި ލިބުނު ޕެލްޓީ އަކުން ބެނޒަމާ ގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް 4-3 ކަށް ނަތީޖާ ބަދަލު ކުރިއެވެ. ސެމީ ފައިނަލްގެ ދެވަނަ ލެގު ރިއާލް ދަނޑު ގައި އޮންނާނީ މޭ 5 ވަނަ ދުވަހުއެވެ.

ސެމީގެ ދެވަނަ މެޗުގައި ލިވަޕޫލާއި ވިލަރެއާލް ބައްދަލު ކުރާނީ 28 އެޕްރީލް ގެ ރޭ ރާއްޖެ ގަޑިން ބާރަ ޖަހާ އިރުއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *