ތުންފަތް ކަޅުވާނަމަ ހަނދަންވީ ގޮތަކީ މިއީ!

ކުރަކިވެ މަރުވެފައި ހުންނަ ހަންތައް ފިލުވާ ސާފުކުރުމުން ރީތި ހިތްގައިމު ހަންގަޑެއް ލިބެއެވެ. ތުންފަތަކީވެސް ރީތިކޮށް ބެހެއްޓުމަށް ފަރުވާތަކެއް ދޭންޖެހޭ ގުނަވަނެކެވެ.

އެގޮތުން ހަކުރަކީ ތުންފަތުގެ ރީތިކަމާއި ތުންފަތަށް އަލިކަން ގެނެސްދޭ އަދި ތުންފަތުން ކަޅުކަން ފިލުވާލަން އެހީތެރިވެދޭ އެއްޗެކެވެ. ތުންފަތް މަޑުކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި ޚަރަދުކުޑަކޮށް ތައްޔާރުކޮށްލެވޭނެ ފަރުވާއެއް ތިރީގައި މިވަނީއެވެ.

ބޭނުންވާނެ ތަކެތި:

1 ސަމްސާ ހަކުރު

1 ސަމްސާ މާމުއި

1 ސަމްސާ ޒައިތޫނި ތެޔޮ

 

ތައްޔާރު ކުރާނެގޮތް:

ކުޑަ ބޯތަށްޓަކަށް ހަކުރާއި، މާމުއި އަދި ޒައިތޫނިތެޔޮ  އަޅާ ރަނގަޅަށް އެއްކުރާށެވެ. ރަނގަޅަށް އެކުވުމުން ހުންނާނީ ތަތް ކޮންނެވެ. ދެން ތުންފަތުގައި މަޑުމަޑުން އުނގުޅާށެވެ. އިރުކޮޅަކު މިގޮތަށް ހެދުމަށްފަހު ތުންފަތް ރަނގަޅަށް ދޮވެލާ ލިޕް ބާމެއް އުނގުޅާށެވެ. ހަފްތާއަކު އެއްފަހަރު މިހެން ފަރުވާދޭށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *