މޫނުގެ ހަންގަނޑު އަލިކުރަން އޭޝިޔާ އަންހެނުންގެ އުކުޅު.

އޭޝިޔާގެ ޤައުމުތަކުގައި ގިނައަންހެނުން ޒަމާތަކެއްވާންދެން އެމީހުންގެ މޫނު ސާފުކުރުމަށާއި ހަންގަނޑު އަލިކުރުމަށްޓަކައި ތަފާތު ފަރުވާ ކުރެއެވެ. ތިރީގައި މިވަނީ އެމީހުން އާއްމުކޮށް ގޭގައި ތައްޔާރުކުރާ ފަރުވާއެކެވެ. މިއީ ވަރަށް ޚަރަދުކުޑަ އަދި އެހާމެ ނަތީޖާ ރަނގަޅު ފަރުވާއެކެވެ.

ބޭނުންވާ ތަކެތި:

1 ދެސަމުސާ ސަނާމުގު ފުށް

3 ސަމުސާ ޔޯގަޓް

1 ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

ސާފު ބޯތަށްޓަކަށް ސަނާމުގުފުށް ކޮޅު އަޅާށެވެ. ދެން މާމުއި އަދި ޔޯގަޓް އަޅާ ރަނގަޅަށް އެއްކުރާށެވެ. ދެން މޫނުގައި އުނގުޅާ 30 މިނިޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު ދޮވެލާފައި ރަނގަޅަށް ހިއްކާލާށެވެ. ސަނާމުގަކީ އިންސާނާގެ ހަންގަޑު ސާފުކޮށްދޭ އަދި ކުލަ އަލިކޮށްދޭ މާއްދާއެއް ހިމެނޭ އެއްޗެކެވެ. ޔޯގަޓުން ހަންގަނޑު މަޑުކޮށްދީ ތާޒާކޮށްދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *