އަނެއްކާވެސް އާމިރުޚާންގެ ތަފާތު ފިލްމެއް

އާމިރުޚާންގެ ތަފާތު ފިލްމެއް އަނެއްކާވެސް ބެލުންތެރިންނަށް މިއަހަރު ފެނިގެންދާނެއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އާމިރުޚާން ދެން އެންމެ އަވަހަށްް ފެންނާނެ ފިލްމަކީ ލާލް ސިންގް ޗަންދާއިންނެވެ. މިއީ އާމިރުޚާނުގެ އުފެއްދުމެކެވެ.

މި ފިލްމަކީ މިއަހަރު އެޕްރީލް 14 ގައި ރިލީޒްކުރަން އޮތް ފިލްމެއް ނަމަވެސް މިހާރު ވަނީ މިފިލްމު އެޅުވުން މަޑުޖައްސާލާފައެވެ. ނަމަވެސް ފިލްމު ޕްރޮމޯޝަންގެ މަސައްކަތްތައް އޭނާ ދަނީ ވަރަށް ތަފާތު ގޮތްގޮތަށް ކުރަމުންނެވެ. ކަރީނާއާއި އާމިރުޚާން ހަރަކާތްތެރިވާ މިފިލްމަކީ 1994 ވަނަ އަހަރު އެމެރިކާގައި މަޝްހޫރުވި ފޮރެސްޓް ގަމްޕް ގެ ވާހަކައަށް ބިނާކޮށްގެން އުފައްދާފައިވާ ހެއްވާ މަޖާ ފިލްމެކެވެ.

މި ފިލްމަށް ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރާތާ 10 އަހަރުވެފައިވާއިރު އާމިރުޚާންގެ ކޮންމެ ފިލްމެއްވެސް ވަނީ ތަފާތު އަދި ކާމިޔާބު ފިލްމެއްގެ ގޮތުގައި ބެލުންތެރިން ބަލައިގެންފައެވެ. އިންޑިޔާގެ 100 ތަނެއްގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާއިރު މި ފިލްމު ރިލީޒް ކުރަން ހަމޖެހިފައިވަނީ 12 އޯގަސްޓް 2022 ގައެވެ. މިއީވެސް ކާމިޔާބު ފިލްމަކަށް ވާނެކަމަށް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *