ޗެމްޕިއަންސް ލީގު؛ މުބާރާތުގެ ސެމީ ފައިނަލުގެ ދދެވަނަ ލެގުގައި ވިލަރެއާލް އާއި ލިވަޕޫލު ބައްދަލު ކުރި މެޗު 3-2 ކާމިޔާބު ކޮށް ފައިނަލަށް ދަތުރު ކޮށްފި އެވެ. ފުރަތަމަ ލެގު ގައި ލިވަޕޫލު ދަނޑުގައި ކުޅުނު މެޗު ދޭއް ސުމަކުން ލިވަޕޫލު ކާމިޔާބު ކޮށްފައި ވުމުން މި މެޗުގައި ވިލަރެއާލުން ދެގުނަ މަސައްކަތް ކުރަން ވަނީ ޖެހިފައެވެ. ދެ ގޯލުގެ ލީޑެއް ލިބިފައި ވާ ލިވަޕޫލަށް ވަރުގަދަ ރައްދެއް ދެމުން ދިޔަ މެޗުގައި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ވިލަރެއާލުން ލީޑޫ ނެގިއެވެ. ކަޕުއެ ތަނަވަސް ކޮށްދިން ފުރުސަތުން ޑިއަ ގޯލު ޖަހާފައި ވާއިރު ފުރަމަ ހާފުގެ 41 ވަނަ މިނެޓުގައި ކަޕުއެ ތަނަވަސް ކޮށްދިން ދެވަނަ ފުރުސަތުން ކޮކުއެލިން ދެވަނަ ލަނޑެއް ޖެހިއެވެ. މިއާއި އެކު އެގްރިގޭޓް ގެ ނަތީޖާ 2-2 ކަށް ބަދަލު ވިއެވެ.
ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ލިވަޕޫލުން ކުރިއަށް ޖެހި ހަމަލާ ތައް ވަރުގަދަ ކުރިއެވެ. އެގޮތުން ފުލުފުލުގައި އުފައްދަމުން ދިޔަ ހަމަލާ ތަކުގެ ނަތީޖާ އަކަށްވީ 74 ވަނަ މިނެޓަށް ދާން ވާ އިރަށް 3 ގޯލު ޖަހައި 3-2 ގެ ލީޑެއް ނެގުމެވެ. ގޯލުތައް ޖެހީ ފެބީނިއޯ، ޑިއާޒް އަދި މާނޭ އެވެ. ލިވަޕޫލު ފައިނަލް ގައި ބައްދަލު ކުރާނީ ރިއާލް އާއި ސިޓީ މެޗުން މޮޅުވާ ޓީމަކާއި އެވެ.
