ޗެމްޕިއަންސް ލީގު ފައިނަލް ގައި ލިވަޕޫލާއި ރިއާލް.

ޗެމްޕިއަންސް ލީގު؛ ސެމީފައިނަލުގެ ފަހުމެޗުގައި ރިއާލް އާއި ސިޓީ ބައްދަލު ކުރި މެޗު 3-1 ކުން ކީމިޔާބު ކޮށް ރިއާލް ފައިނަލަށް ދަތުރު ކޮށްފިއެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނު ކަމިގައި ވިޔަސް ދެވަނަ ހާފު ފެނުނީ ވަރަށް ތަފާތު ކޮންނެވެ. ފުރަތަމަ ލެގުން ލިބިފައިވާ ލީޑާއި އެކު ސިޓީ ކުޅެމުން ގޮސް ދެވަނަ ހާފުގައި 73 ވަނަ މިނެޓުގައި މަހްރޭޒް ޖަހައިދިން ގޯލުން ސިޓީ މެޗުގައި ލީޑު ނެގިއެވެ. އަދި މި ލަނޑާއި އެކު ސިޓީ މެޗު ފަސޭހަ ކޮށް ލުމުގެ ނަތީޖާ އަކަށް ވީ ރިއާލް ގޭމް ތެރެއަށް ވަދެ ސިޓީ އަށް ބާރު ބޮޑު ކުރުމެވެ. ރޮޑްރިގޯ 90 ވަނަ މިނެޓާއި 91 ވަނަ މިނެޓުގައި ދެގޯލު ޖަހައި 2-1 ކުން ލީޑު ނެގިއެވެ. އަދި އެގްރިގޭޓް ނަތީޖާ 5-5 ކުން އެއްވަރުވެ އިތުރު ވަގުތުގެ ދެހާފު ކުޅެން ޖެހުނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބެންޒެމާ ޖެހި ހަމަލާ ސިޓީގެ ކީޕަރު ދިފާއު ކުރިއެވެ. އަދި ޖެހިގެން އައި މިނެޓުގައި ޑިއަޒް ، ބެންޒެމާ އަށް ކުރި ފައުލަކުން ލިބުނު ޕެނަލްޓީން ބެނަޒަމާ ގޯލް ޖެހިއެވެ. މެޗުގެ ލީޑު 3-1 ކަށް ބަދަލު ކުރިއެވެ. މިއީ 43 މެޗުން މިސީޒަންގައި ކާމިޔާބު ކުރި 43 ވަނަ ލަނޑުކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ކޯޓުއާ ވަރަށް މުހިއްމު ސޭވް އެއް ކުރި އެވެ. އިތު ވަގުތުގެ 2 ވަނަހާފުގައި އިތުރު ލަނޑެއް ނުޖެހި 5-6 ގެ އެގްރިގޭޓުން ރިއާލް މޮޅުވެ ފައިނަލް ގެ ޖާގަ ކަށަވަރު ކުރިއެވެ. 14 ވަނަ ފަހަރަށް ތަށި ހޯދުމުގެ ފުރުސަތު ހޯދިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *