މުރަނގަތޮޅި ރިހަ

ބޭނުންވާތަކެތި:

8 މުރަނަގަ ތޮޅި 2 އިންޗިއަށް ބުރިބުރިކޮށްފައި

1  ފިޔާ ( ތުނިކޮށް ކޮށާފައި)

1  ގިތެޔޮ މިރުސް ( ތުނިކޮށް ކޮށާފައި)

1  މޭޒުމަތީ ސަމުސާ އިނގުރު ( ތުނިކޮށް ކޮށާފައި)

2 ލޮނުމެދު ( ތުނިކޮށް ކޮށާފައި)

2 ޖޯޑު ކާށި ކިރު

2 ޖޯޑު ފެން ކިރު

1 ޖޯޑު ހަނާކުރި ހަވާދު ( ފުނޑާފައިހުރި)

1 ގަނޑު ވަޅޯމަސް ( ތުނިކޮށް ކޮށާފައި)

1 ފަޅި ލުނބޯ

ރާނބާފަތް ކޮޅެއް

ހިކަނދިފަތްކޮޅެއް

ލޮނު

ތެޔޮފޮދެއް

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ކޮށާފައިހުރި މިރުހާއި، ލޮނުމެދާއި، އިނގުރާއި، ފިޔާ  އަދި ރާނބާފަތް ކޮޅާއި ހިކަނދިފަތުންވެސް ދެބައިކުޅަ އެއްބައި ކުޑަތެޔޮފޮދެއްގައި ރަތްކުރާށެވެ. ރަނގަޅަށް ފިޔާގަނޑު ރަތްވީމާ އުނދުން މަތިން ބާލާފައި ފިޔާކޮޅު 1 ޖޯޑު ކިރާއި އެއްކޮށްފައި މަތިޖަހާފައި ބަހައްޓާށެވެ.  ދެން ފިޔާމީރުކުރި ތެއްޔަށް މުރަނގަ ތޮޅިކޮޅު އަޅާލާފައި ތޮޅިތައް މަތިން 2 އިންޗިއަށް ފެން ކިރު އަޅާލާށެވެ. އެއަށްފަހު ބާކީ ހުރި ފިޔާ، ހިކަނދިފަތް، ލޮނުމެދު، އިނގުރު، ހިކަނދިފަތް، ލުނބޯހުތް، ރާނބާފަތް ކޮޅު އަޅާށެވެ.  އަދި ލޮނާއި ވަޅޯމަސްކޮޅު ވެސް އެއްކޮށްފައި މަތިޖަހާފައި ކައްކާށެވެ.

ދެން ބާކީ ހުރި ކިރުގައި ހަވާދުކޮޅު ގިރާފައި އެއްކޮށްލާފައި ކައްކާށެވެ. ރަނގަޅަށް ރޯފިލުމުން ވަކިން ބެހެއްޓި ރަތްކޮށްފައިވާ ފިޔާތޮށި ރިހަގަނޑާއި އެއްކޮށްފައި ކެކިގަތުމުން އުނދުން މަތިން ބާލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *