މަޝްހޫރު އެކްޓަރެސް އާލިޔާބަޓްގެ ގަންގޫބާއީ ކާތިއާވާޅީ އަކީ މިހާރު ނެޓްފްލިކްސްގައި އިނގިރޭސިބަސް ނޫން އެހެން ބަސްތަކުން ތައްޔާރުކޮށްފައިވާ ފިލްމުތަކުން އެންމެ ކުރީގައި އުޅޭ ފިލްމެވެ. ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް މި ފިލްމު ބަލާކަމަށް ނެޓްފްލިކްސްއިން ދައްކައެވެ.
ހަގީގީ ހާދިސާއަކަށް ބިނާކޮށްފައިވާ މިފިލްމްގައި އާލިޔާބަޓް ލީޑް ރޯލްކުޅޭއިރު މިފިލްމުގައި ދައްކުވައިދެނީ އިންޑިޔާގެ މަޝްހޫރު މާފިޔާ ކުއީންގެ ހަޔާތެވެ. މިފިލްމު މިހާތަނަށް 13.81 މިލިއަން މީހުން ބަލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ފިލްމް ސްޓާރަކަށް ވުމަށް ހުވަފެންތައް ދެކެމުންދިޔަ އާދައިގެ އަންހެންކުއްޖެއް ގެއިން ފިލައިގެން ލޯބިވެރިޔާއާއިއެކު ބޮންބޭއަށް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދަން ދެއެވެ. ނަމަވެސް ހަށިވިއްކާ ނާސިގެއަކަށް އޭނާ ވިއްކާލާ، އަޅު އަންހެނެއްގެ ގޮތުގައި ހަޔާތް ވޭތިކުރަންޖެހެއެވެ. މިއީ 1960ގެ އަހަރުތަކުގައި އަންހެނުންނާއިމެދު އަމަލުކުރެވު ގޮތްތައް ދައްކައިދޭ އަސަރުގަދަ ފިލްމެކެވެ. އަޖޭ ދޭވްގަން އާއިއެކު އާލިޔާބަޓް ފިލްމުގައި ކުއީންއަކަށް ވީގޮތް ބަލާލަން މިއީ ރަނގަޅު ފިލްމެކެވެ.
އަޅާލުމެއްނުލިބޭ އެކަނިވެރި އަންހެނުންތަކެއްގެ އަސަރުގަދަ ދިރިއުޅުން އާލިޔާބަޓް ދައްކައިދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް މީޑިޔާތަކުގައި ބުނެއެވެ.
