ކިިހިލިފަތްދޮށް ކަޅުވުމަކީ ވަރަށްގިނަ އަންހެނުންނަށް އުނދަގޫވާ ކަމެކެވެ. މިއީ ސާފުތާހިރު ނުވާތީ ވާކަމެއް ނޫނެވެ. ނުވަތަ މިއީ ފެންވަރާއިރު ކިހިފަތްދޮށް ނޫގުޅާތީ ވާކަމެއްވެސް ނޫނެވެ. މިކަން މިހެން ދިމާވަނީ ހަންގަނޑުގައި ހުންނަ މަރުވެފައިފައިވާ ސެލްތައް ކިހިލިފަތްދޮށަށް ޖަމާވާތީއެވެ. ހޯމޯނަށް އަންނަ ބަދަލަކުންވެސް ކިހިލިފަތްދޮށުން ކަޅުވެއެވެ. ބައެއްފަހަރު ބޭނުންކުރާ ސްޕްރޭއަކުން އަދި ކިހިލިފަތްދޮށުން އިސްތަށި ބޭލުމުންވެސް ހަންގަނޑު ކަޅުވެއެވެ. އެއީ ކިހިލިފަތް ދޮށުގައިވާ ހަންގަނޑުގެ އެންމެ މަތީގައިވާ ރައްކާތެރިކަމުގެ ފަށަލައަށް ގެއްލުންވާތީއެވެ. ނަމަވެސް ގޭގައި ތައްޔާރުކޮށްލެވޭ އަގުހެޔޮ އަދި ފަސޭހަ އެއްޗަކުން ކިހިލިފަތްދޮށުން ކަޅުކަން ފިލުވާލުމަށް އެހީތެރިވެދެއެވެ.
ބޭކިން ސޮޑާގެ ފަރުވާއަށް ބޭނުންވާތަކެތި:
ރޯސްވޯޓަރ
ބޭކިން ސޮޑާ
ކަފަކޮޅެއް
ތައްޔާރުކުރާނެގޮތް:
ރޯސްވޯޓަރއާއި ބޭކިން ސޮޑާ ރަނގަޅަށް އެއްކުރުމަށްފަހު ކަފަކޮޅަކުން ކިިހިލިފަތްދޮށުގައި ހާކާށެވެ. ދެން ފަސްމިނިޓް ފަހުން ދޮވެލާފައި ރަނގަޅަށް ހިއްކާލާށެވެ.
އަލުވީގެ ފަރުވާއަށް ބޭނުންވާތަކެތި:
އަލުވި
ކަފަކޮޅެއް
ތައްޔާރުކުރާނެގޮތް:
އަލުވި މިކްސަރަށް އަޅާ މުގުރާލާށެވެ. ދެން އޭގެ ފެނުން ކަފަކޮޅު ތެންމާލާފައި ކިހިލިފަތްދޮށުގެ ކަޅުވެފައިވާ ބައިގާ އުނގުޅާށެވެ. 10 މިނިޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާފައި ރަނގަޅަށް ހިއްކާލާށެވެ.
