ބޮޑުވަޒީރު މޯދީއަށް އަކްޝޭގެ އާފިލްމް ދައްކަން ބޭނުންވޭތަ؟

އަކްޝޭ ކުމާރުގެ އާ ފިލްމް ޕްރަތީވިރާޖް ޗޯހަންގެ ޓްރައިލަރ ރިލީޒްކުރި ހަފްލާގައި އޭނާގެ މިފިލްމުގެ ކުޑަ ތަޢާރަފެއް ނޫސްވެރިންނަށް ދިނެވެ. މިއީ އިންޑިޔާގެ ތާރީޚީ ފިލްމެއްކަމަށާއި މިފިލްމަކީ ސްކޫލްކުދިންނަށްވެސް ކިޔަވައިދޭންޖެހޭ ފިލްމެއްކަމަށް ފާހަގަ ކުރިއެވެ. އަދި ސްކޫލްތަކުގެ ޓެކްސްޓް ފޮތްތަކުގައި ރަސްގެފާނު ޕްރަތިވީ ރާޖް ޗޯހަންގެ ވާހަކަ ލިޔަންޖެހޭ ކަމަށް ބުންޏެވެ.

ފިލްމު ރިލީޒް ކުރުމާއި ގުޅޭގޮތުން ފިލްމު އެޅުވުމުގެ ކުރިން ޚާއްސަ ޝޯއެއްގެ ގޮތުގައމިހާރުގެ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިފިލްމު ދެއްކުމަށް އެދެންތޯ ނޫސްވެރިއަކު އޭނާއާ ސުވާލުކުރިއެވެ.

ޖަވާބުގައި އަކްޝޭ ބުނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކޮންމެހެން މިފިލްމް ދައްކަން އޭނާ އެއީ ކާކުކަމަށް ހެއްޔެވެ؟ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފިލްމު ބަލަން ބޭނުންނަމަ ބަލާފާނެ ނޫންހެއްޔެވެ؟

އޭގެ އިތުރުން އަކްޝޭ ބުނީ ކުދިންގެ ތަޢުލީމީ މަންހަޖުގެ ތެރެއަށް އިންޑިޔާގެ ވެރިކަން ކުރެއްވި ރަސްގެފާނެއްކަމަށްވާ ޕްރަތިވީ ރާޖް ޗޯހަން ގެ ވާހަކަ ހިމަނަން ޖެހޭ ކަމަށެވެ. އަދި ކުދިންނަށް އޭނާގެ ހުނަރުވެރި ހަނގުރާމައިގެ ވާހަކަތައް ކިޔައިދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރުންވެސް އިސްކަމެއްދީގެން ކުދިންގެ ތަޢުލީމީ ހަޔާތުގައި ޚާއްސަކޮށް ތާރީޚު ފޮތްތަކުގައި ޕްރަތިވީ ރާޖް ޗޯހަންގެ ވާހަކަ ކިޔައިދޭން ޖެހޭ ކަމަށެވެ.

އަކްޝޭ ބުނާގޮތުގައި މި ފިލްމުގައި ހިނގާ ކޮންމެ ކަމަކީ ހަގީގީ ހާދިސާތަކެވެ. އެއީ ތާރީޚުގައި ހިނގާފައިވާ ހައިރާންކުރުވަނިވި ކަންތައްތަކެކެވެ. ތާރީޚުގައި ވާގޮތުގައި ރަސްގެފާނު ޕްރަތިވީ ރާޖް ޗޯހަންއަކީ އުމުރުން 11 އަހަރުގައި ރަސްކަމަށް އިސްކުރެވުނު ވެރިއެކެވެ. އެތެރެކޮއިލުގެ ތަޅާފޮޅުންތަކާއި ބޭރުންއައި ގޮންޖެހުންތަކާއި އެކުގައި ޕްރަތިވީ ރާޖް ޗޯހަން ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. އޭނާގެ ވެރިކަން ނިމުނީ މުސްލިމުންގެ ވެރިކަމެއް އެސަރަހައްދުގައި ގާއިމުކުރުމަށް ކުރެވުނު ހަނގުރާމައެއްގައި ބަލިވެގެންނެވެ. އަކްޝޭގެ އިތުރަށް މިފިލްމްގައި ސަންޖޭދަތާއި 2017 ވަނަ އަހަރު ރީތީގެ ރާނީއަށް ހޮވުނު މަނޫޝީ ޗިއްލަރު ވެސް މުހިއްމު ރޯލްތަކެއް ކުޅެއެވެ. މިފިލްމް ސްކްރީންތަކަށް ނުކުންނާނީ 3 ޖޫން ގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *