ބީފާނު ބަދިގެ: ކަނަމަދު ބަތް

ބޭނުންވާ ތަކެތި:

1 ޖޯޑު ބާސްމަތީ ހަނޑޫ

2 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

3 ލޮނުމެދު (ތުނިކޮށް ކޮށާފައި)

1 ޖޯޑު ކަނަމަދު ( ބޭނުންނަމަ ތުނިކޮށް ކޮށާފައި)

3 ކާފޫރުތޮޅި (ކޮޅުން ފަޅާލާފައި)

1 އިންޗީގެ ފޮނިތޮށި

10 ހިކަނދިފަތް

1 ސައިސަމުސާ މުގުރި ދިރި

ލޮނު

ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ތެޔޮކޮޅު ތެއްޔަކަށް އަޅައި ހޫނު ކުރުމަށްފަހު ފިޔާކޮޅު އަޅާ ރަތްވެ މުރަނަ ވަންދެން ތެލުލާށެވެ. ރަތްވީމައި ޓިޝޫއެއް ނުވަތަ ފޮތިކޮޅަކަށް އަޅާށެވެ. އޭރުން ތެޔޮކޮޅު ފޭދޭނެއެވެ. ދެން ތެއްޔަށް ކަނަމަދުކޮޅު އަޅާފައި އެއަށް ރަން މުށި ކުލަ އަރަންދެން ކައްކާށެވެ. މަދުކޮޅުވެސް ޓިޝޫއެއް ނުވަތަ ފޮތިކޮޅަކަށް އަޅާށެވެ. ދެން ތެއްޔަށް ތެޔޮ، ކޮށާފައިވާ ލޮނުމެދާއި، ކާފޫރުތޮޅި، ފޮނިތޮށި އަދި ހިކަނދިފަތް އަޅާ ރަތްކުރާށެވެ. ބާސްމަތީ ހަނޑޫގެ ބަތްކައްކާއިރު ދިރިކޮޅު އަޅަންވާނެއެވެ. ބަތްކޮޅު ހިނދުމުން މަތިޖަހާފައި ހިހޫކޮށްލަން ކުޑައިރުކޮޅަކު ބަހައްޓާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *