ފިލްމު މަޝްހޫރު ކުރުމަށް 'އަންހެނުންނަށް ޚާއްޞަ' ޓެގު ނުޖެހުމަށް ކަންގަނާ އެދޭ.

ކުރިއަށް އޮތް ޖާސޫސީ ތްރިލާ 'ދާކަދު' ގެ ޓްރެއިލާ ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަންހެން އެކްޓަރުންގެ ސުރުޚީ ޖަހާފައިވާ ފިލްމުތަކުގައި 'އަންހެނުންނަށް ޚާއްސަ' ޓެގް ޖަހަން ހުއްޓާލަން ޖެހޭ ކަމަށް ކަންގަނާ ރޯނަތު ބުނެފިއެވެ.

އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް ޚާއްޞަކޮށް ހުންނަ ފިލްމުތައް ކޮންމެހެން ހުންނަން ނުޖެހޭ ކަމަށާއި ފިލްމެއް ބަލަންވީ ހަމަ ފިލްމެއް ބެލުމުގެ ނިޔަތުގައިި ކަމަށްވެސް އޭނާ ބުންޏެވެ. ފިލްމީ ދާއިރާގައި އަންހެނުން ވަނީ ގިނަ ފިލްމުތަކެއް ކާމިޔާބު ކުރަން އެހީވެފައި ކަމަށާއި އެހެންނަމަވެސް ހުރިހާ ކްރެޑިޓެއް ފިރިހެނުންނަށް ދޭތީ، އެކަމުގެ ސަބަބުން ގެއްލުމާ ކުރިމަތިލާން ޖެހުނީ އަންހެނުންނަށް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

އެހެންނަމަވެސް މި ފިލްމުގެ ބަތަލު އަރުޖުން ފާހަގަކުރީ މި ފިލްމުގެ އެހީތެރިންގެ ގޮތުގައި ތިބި މީހުންނަކީ ހުރިހާ އަންހެނުން ކަމަށެވެ. މީގެ އިތުރަށް އޭނާ ބުނީ އަރުޖުންގެ އެންމެ ގާތުން ފެނިފައި އަންހެނުންނަކީ ވަރުގަދަ، އިންތިހާއަށް ހުނަރުވެރި ބައެއްކަމަށާއި އެކަށީގެންވާ ފެންވަރެއްގައި ވަޒީފާއެއް ނުލިބިއްޖެނަމަ އަންހެނުންގެ ކިބައިން ފެންނަނީ ތަޖުރިބާއާއި އަދި ހުނަރުވެރިކަމެވެ. އަދި އަންހެނުންނަކީ ބުރަ މަސައްކަތުން ކަންކަން ކުރާ އަދި އެކަންކަން ކާމިޔާބު ކުރާ މީހުންނެވެ. އެހެންކަމުން 'ދާކަދު' އަކީ އަންހެނުންނަށް ދޭ ޓްރިބިއުޓެއް،" ކަމަށް އަރުޖުން ފާހަގަ ކުރިއެވެ.

ރަޒްނީޝް ރާޒީ ޑައިރެކްޓްކޮށްފައިވާ "ދާކަދު" ގައި ދައްކުވައިދެނީ ކުޑަކުދިންގެ ވިޔަފާރިކުރުމާއި އަންހެނުން ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރެވެ. އަދި އަރްޖުން ރާމްޕާލް އާއި ދިވްޔާ ދައްތާ ވެސް މި ފިލްމްގައި ފެނިގެންދާނެއެވެ.

ދާކަދު' ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 20 ވަނަ ދުވަހު ބޮކްސް އޮފީހުގައި 'ބޫލް ބުލައިއްޔާ 2′ އާ ވާދަކުރާ ގޮތަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *