ކޭ.ޖީ.އެފް 2 ގެ ވިދުން އަދިވެސް ގަދަވަނީ.

ސައުތު އިންޑިޔާގެ ފިލްމު، ޔަޝްގެ ކޭ.ޖީ.އެފް ޗެޕްޓަރ 2 އޭޕްރީލް 14 ވަނަ ދުވަހު ރިލީޒްކުރި ފަހުން މިހާރު އެއްމަސްވީއެވެ. ނަމަވެސް އަދިވެސް އެ ފިލްމު ބޮކްސް އޮފީހުގައި އަޖައިބެއްހާ ހަލުވިކަމާއިއެކު ކުރިއަށްދަނީއެވެ.  ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ތާއިދަށް ހުއްޓުމެއް ނާދެއެވެ.

ބޮލީވުޑުން ރިލީޒް ކުރި ފިލްމުތަކުގެ ތެރޭގައި ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ ހެރޮޕަންޓީ 2 އާއި ތާރާ ސުތާރިއާ އަދި އަޖޭ ދޭވްގަން އާއި އަމީތާބު ބައްޗަން ލީޑް ރޯލުން ފެނިގެންދާ ރަންވޭ 34 ފަދަ ފިލްމުތައް ރިލީޒްކޮށްފައި ވެއެވެ. ނަމަވެސް އެފިލްމުތަކަށްވުރެވެސް ކުރީގައި އަދިވެސް އުޅެނީ ކޭ.ޖީ.އެފް 2 އެވެ.

ކުރިން ކޭ.ޖީ.އެފް 2 އިން ލިބޭނެ ކަމަށް ލަފާކުރެވޭ ރެކޯޑް އާމްދަނީ ވަނީ މިހާރު ފަހަނައަޅައި ގޮސްފައެވެ. އެހެންކަމުން ބޮކްސް އޮފީހުގައި މިއީ އެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް މިހާރު ވަނީ ސާބިތުވެފައެވެ.

ކޭ.ޖީ.އެފް 2 އަކީ، މިހާރު ހަމައެކަނި އިންޑިއާގައި މަޝްހޫރު ފިލްމެއް ނޫނެވެ. އެހެން ގައުމުތަކުގައިވެސް އެފިލްމުގެ ޖާގަ ކަށަވަރުކޮށްދީ، އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމެއްގެ ގޮތުގައި މިހާރު ފާހަގަކުރެވޭ ފިލްމަކީވެސް މި ފިލްމެވެ. މިފިލްމަށް 1200 ކްރޯޑް ރުޕީސް މިހާތަނަށް ލިބިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *