ގަނދަކޯޅިއަކީ އިންސާނާގެ ހަންގަނޑާއި ސިއްހަތު ރަނގަޅުކޮށްދޭ އެންމެ ބާރުގަދަ އެއް ގަހެވެ. މިގަހުގެ ކޮންމެ ބަޔަކީ ފަތްކަމުގައި ވިޔަސް، އޮށްތަކެއް ކަމުގައި ވިޔަސް، ވަރަށް ބޭނުންތެރި އެއްޗެކެވެ. މި އަޖައިބެއްކަހަލަ ގަހުގެ ފަތްތަކަކީ ހަންގަނޑަށް ފަރުވާދޭ ބައެއް އުފެއްދުންތަކުގައި ވަރަށް ބޮޑަށް ބޭނުންކުރާ އެއްޗެކެވެ. ގަނދަކޯޅިއަކީ ‘ކެމިކަލް ފްރީ، އަދި ވަރަށް ފައިދާހުރި އެއްޗެކެވެ. އެއީ މޫނުގައި ޖަހާ ބިއްސަށާއި، ކަޅުލައްތަކަށާއި އަދި މޫނު ތެޔޮވުމުގެ މައްސަލައަށް ހައްލު ހޯދާދޭ އެއްޗެކެވެ.
އަމިއްލައަށް ނީމް ފޭސް ވޮޝް ހެދުމަކީ ހަމުގެ ހުރިހާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމެކެވެ. އެހެނީ އެއީ ތިމާގެ މޫނުގެ ހަންގަނޑުގައި އަޅަނީ ކޮން އެއްޗެއްކަން ސީދާ ތިމާއަށް އެނގޭތީއެވެ. ތިރީގައި މިވަނީ ގޭގައި ތައްޔާރުކޮށްލެވިދާނެ ނީމް ފޭސް ވޮޝްއެކެވެ. މި ރެސިޕީއިން ތިމާ ޒުވާންކޮށް މޫނު ތާޒާކޮށްދޭނެއެވެ.
ބޭނުންވާނެ ތަކެތި:
1 ސައިސަމުސާ ގަނދަކޯޅި ފަތުގެ ޕައުޑަރ
1 ސައިސަމުސާ ހިކި ފިނިފެންމާ ފިޔައިގެ ޕައުޑަރ
4 މޭޒުމަތީ ސަމުސާ އެލޯ ވެރާ ޖެލް
2 މޭޒުމަތީ ސަމުސާ ދިޔާ ސައިބޯނި
6 މޭޒުމަތީ ސަމުސާ ފިނިފެން
1 ސައިސަމުސާ ޖޯޖޯބާ ތެޔޮ (އިޚްތިޔާރުކުރާ ކޮންމެ ތެލެއް)
ޕެޕަރމިންޓް އެސެންޝިއަލް އޮއިލްކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ބިއްލޫރި ތަށިގަނޑެއްގައި ގަނދަކޯޅި ފަތުގެ ޕައުޑަރ، ހިކި ފިނިފެންމާ ފިޔައިގެ ޕައުޑަރ، އެލޯ ވެރާ ޖެލް އަދި ދިޔާ ސައިބޯންޏާއި ފިނިފެން ނުވަތަ ރޯޒް ވޯޓަރ އަޅާށެވެ. ދެން ޕެޕަރމިންޓް އެސެންޝިއަލް އޮއިލްކޮޅެއް އަޅާ ރަނގަޅަށް ހޫނު ކޮށްލާށެވެ. ދެން މިކްސްޗަރގައި 3-4 މިނެޓް ވަންދެން ބްލެންޑް ކޮށްލާށެވެ. މިހުރީ ނީމް ފޭޝިއަލް ވޮޝް ތައްޔާރުކުރެވިފައެވެ.
ނީމް ފޭޝިއަލް ވޮޝް ފުޅިއަކަށް އަޅާ ތާރީހު ލިޔެލާށެވެ. މި ތައްޔާރު ކުރާތާ 2 މަސް ދުވަހުގެ ތެރޭގައި ބޭނުން ކުރާށެވެ.
ބޭނުންކުރާނެ ގޮތް:
ފުޅި ރަނގަޅަށް ހަލުވާލުމަށްފަހު އަތްތިލައަށް ކުޑަ މިންވަރަކަށް ނީމް ފޭޝިއަލް ވޮޝް އަޅާ މަޑުމަޑުން ހަންގަނޑުގައި މަސާޖުކޮށްލާށެވެ. ދެން ފިނި ފެނުން މޫނު ދޮވެލުމަށްފަހު މޫނު ތުވާއްޔަކުން ހިއްކާލާށެވެ.
