ޔޫރޮޕާލީގު؛ މުބާރާތުގެ ފައިނަލްގައި ފްރެންކްފާޓް އާއި ރޭންޖާޒް ބައްދަލު ކުރި މެޗު ޖަރުމަނުގެ ފްރެންކްފާޓް އިން ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކޮށްފިއެވެ. ސްޕޭން ގެ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ރޭންޖާޒް އިން ލަނޑު ޖަހާ ލީޑު ނެގިއެވެ. އަރީބޯ ގެ މި ގޯލުން ލީޑު ހިފެހެއްޓުނީ 69 ވަނަ މިނެޓާއި ހިސާބަށެވެ. ފްރެންކްފާޓް އިން އެއްވަރު ކުރި ލަނޑު ބޯރޭ ކާމިޔާބު ކުރީ ކޮސްޓިޗް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެކެއް އެކަކުން މެޗު އެއްވަރުވެ އިތުރު ވަގުތުގެ ދެ ހާފުވެސް ނިމިފައި ވަނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައި 5-4 ކުން ފްރެންކްފަޓުން މޮޅުވެ ޗެމްޕިއަން ކަން ހޯދިއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
މަރުހަބާ ފްރެންކްފާރޓް. އަންނަ އަހަރު ޗެމްޕިއަންސް ލީގް ނަގާނެކަމަށް ލަފާކުރެވެނީ ފްރެންކްފާރޓް.