އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން ވޮލީ ޓީމްގެ ގިނަ ކުޅުންތެރިންތަކެށް މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަން އިން މިމަހުގެ 24 ގައި ފަށާ, އެސޯސިއޭޝަން ކަޕް އަންހެން ޑިވިސަންގައި ކުޅުމަށް މާލެ ގޮސް ޓީމްތަކާއި ގުޅި ޕްރެކްޓިސް ގައި ބައިވެރިވާން ފަށާފިއެވެ.ބޮޑުފޮޅުދޫގެ ކުޅިވަރު ތާރީހް ބަދަލު ކޮށްލި ހިންގުންތެރި އާރުބީޖީ ސްޕޯރޓްސް ކުލަބުން ގިނަ ހަރަކާތްތަކެށް ހިންގަމުން ދާއިރު ކުޅިވަރަށް ހާއްސަ އިސްކަމެށް ދެމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ.އާރުބީޖީ ސްޕޯރޓްސް ކުލަބް ހަރަކާތްތެރި ވާން ފެށިފަހުން ރަށާއި،އަތޮޅުގެ ރަށްތަކުގައި ކުޅެމުން އައި ކުޅިވަރު ކުޅުމުގެ ވިސްނުން ބަދަލުކޮށްލާ ގިނަ ކުޅުންތެރިންތަކަކަށް ރާއްޖޭގެ އެކިއެކި ސަރަހަށްދު ތަކުގައާއި،ގައުމީ ލެވަލްގައި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ. މީ ބޮޑުފޮޅުދޫއިން މިފަދަ މުބާރާތެއްގައި އެންމެ ގިނަ އަންހެން ކުޅުންތެރިން ބައިވެރިވި ފުރަތަމަ ފަހަރެވެ.މޯލްޑިވްސް ވޮލީބޯލް އެސޯސިއޭސަން އިން ކުރިއަށް ގެންދާ، އެސޯސިއޭސަން ކަޕް އަންހެން ޑިވިޝަން ގައި ބޮޑުފޮޅުދޫއިން ޓީމްތަކާއި ގުޅުނު ހުރިހާ ކުޅުންތެރިން ނަކީވެސް އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އަންހެން ވޮލީ ޓީމްގެ ކުޅުންތެރިންނެވެ.
އެކުލަބުން މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ މީ ކުލަބުން ކުޅިވަރު ކުރިއެރުވުމަށާއި،ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ކުރަމުން ދާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި،ހާއްސަކޮށް އަންހެން ކުޅުންތެރިންނަށް ލިބިގެންދިޔަ ރަގަޅު ފުރަސަތެއް ކަމަށެވެ. ވަކިވަކި ކުޅުންތެރިން ޓީމްތަކަށް ފޮނުވުމުގެ ބަދަލުގައި އެސޯސިއޭސަން ކަޕްގައި ކުލަބް ބައިވެރިވާން ވަރަށް މަސައްކަތް ކުރިކަމަށާއި،އެހެންނަމަވެސް ކުލަބުގެ މާލީ ހާލަތު އެވަރަށް ތަން ނުދޭތީވެ ބައިވެރި ނުވާގޮތަށް ނިންމާ ކުޅުންތެރިންނަށް ޓީމްތަކަށް ދިއުމުގެ ފުރުސަތު ދިނީކަމަށް އެކުލަބުން ވިދާޅުވި އެވެ. އަދި މިމުބާރާތުން ކުޅުންތެރިންނަށް އިތުރު ތަޖްރިބާތަކެއް ލިބި މޮޅެތި ކޯޗުންގެ އިރުޝާދު ލިބިގެން ހުނަރުވެރި ކުޅުންތެރިންތަކެށް ގެ ގޮތުގައި ފެނިގެން ދާނެ މީކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެފައި ވެއެވެ.
އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ކުޅުންތެރިން މިމުބާރާތުގައި ކުޅޭ ޓީމްތަކަށް ބަލާއިރު ވެމްކޯޓީމްގައި ހައްވާ ރިއުޝާ،އެމްއެންޑީއެފް ޓީމްގައި އައިޝަތު ވިރާސާ،އައިމިނަތު މުޒުނާ،ޤަފޫރާ އަބްދުﷲ،އަދިސަހްލާ އިބްރާހިމް ރަޝީދު،ހިމެނެއެވެ.އަދި އަލްމާ ސްޕޯރޓްސް ކުލަބް ގައި މަރިޔަމް ކުލަބް ލިންކޭޖްގައި އިރުޝާދާ ހާލިދު އާއި ސާމިލާ ނޫރާ ހިމެނެއެވެ.
