ލުނބޯ
ލުނބޯއަކީ މޫނުގެ ހަންގަނޑަށް ގޭގައި ބޭނުންކުރެވިދާނެ އެންމެ ފަސޭހަ އަދި ރަނގަޅު ފަރުވާއެވެ. ލުބޯގައި ހިމެނޭ ވިޓަމިން-ސީ ގެ މާއްދާތަކުގެ ސަބަބުން، ކުލަ ގެއްލުމާއި ހަންގަނޑު އަލިކޮށްދިނުމުގައި އެހީތެރިވެދެއެވެ.
ލުނބޯހުތް މޫނުގެ ކަޅުވެފައި ހުންނަ ތަންތަނުގައި އުނގުޅާ އުނގުޅުމުން ވަރަށް އަވަހަށް އެ ލައްތައް ފިލައެވެ.
ނަމަވެސް ލުނބޯ ކޮންމެވެސް އެހެން އެއްޗަކާއި އެކޮށްގެން މޫނުގައި އުނގުޅުމުން ލިބޭ ފައިދާއަކީ މޫނުގެ ހަންގަނޑު ހަމައެކަނި ލުނބޯ އުނގުޅުމުގެ ސަބަބުން މޫނުގެ ހަނގަނޑު ހަރުކަށިވެ ހަރުވެދާނެތީއެވެ. އެހެންކަމުން ރޯޒްވޯޓަރ، ކަދުރު، މާމުއި، ކޮޅެއް ކަހަލަ އެއްޗަކާއި އެއްކޮށްފައިވެސް އުނގުޅިދާނެއެވެ. ދެން 10-20 މިނެޓް ފަހުން ދޮވެލާށެވެ.
މާމުއި
މާމުއިގައި ހުންނަ ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތްކުރާ ގުދުރަތީ ބާރުގެ ސަބަބުން މޫނުގައި ހުންނަ ލައްތަކަށް ގޭގައި ފަރުވާ ދިނުން އަގުބޮޑު ފޭޝިއަލް މާސްކުތަކަށްވުރެ މާ ބޮޑަށްވެސް ރަނގަޅެވެ.
ހަމައެކަނި މާމުއިކޮޅެއް ހަންގަނޑުގައި އުނގުޅާށެވެ. މިކަމުގެ ސަބަބުން ދުވަސްވެފައިވާ ހަންގަނޑު ވަރުގަދަ ކުރުމަށް އެހީވެއެވެ. މާމުޔަކީ ޑިސްއިންފެކްޓިން އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗަކަށް ވާއިރު، މޫނުގައި ހުންނަ ހުރިހާ މައިކްރޯބްތަކެއް ނައްތާލުމުގެ އިތުރުން ހަންގަނޑުގައި ލައްޖެހުން ހުއްޓުވައެވެ. މާމުޔާއި، ކަދުރު ޕައުޑަރ ނުވަތަ ފޮނިތޮށި ޕައުޑަރ އެއްކޮށްގެން ގަވާއިދުން ހަނގަޑުގެ ކަޅުވެފައިވާ ތަންތަން ނުވަތަ ލައްތަކުގައި އުނގުޅުމުން އެތަންތަން ފަނޑުވެ މޫނުގެ އަސްލު ކުލައަށް ބަދަލުވާނެއެވެ. އަދި އެއާ އެކު ލުނބޯ ޖޫސް ވެސް އެއްކޮށްލެވިދާނެއެވެ. ލައްތައް ކުޑަކުރުމަށް މާމުއި ބޭނުންކުރެވޭނެ އެންމެމޮޅު ގޮތަކީ މޫނުގައި ހޫނު މާމުއިކޮޅެއް އަޅައިގެން ދިހަމިނެޓު ވަރު ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލުމެވެ.
އަލުވި
އަލުވި ޖޫހުގެ ސަބަބުން ހަމުގެ ކުލަތައް ސާފުކުރުމުގައި ޚާއްޞަ އެހީއެއް ލިބިގެންދެއެވެ. ކޮށާފައި ހުންނަ އަލުވި މާސްކެއްގެ ގޮތުގައި މޫނުގައި އުނގުޅާށެވެ.
އެއީ ހަންގަނޑު ދުވަސްވުމުގެ ސަބަބުން އަންނަ ބަދަލުތަކާއި އަދި މޫނުގައި ޖަހާ ލައްތައް ސާފުކުރުމުގައި އެހީތެރިވެދޭނެ އެއްޗެކެވެ. އަދި ނިދުމުގެ ކުރިން ތުނިކޮށް ކޮށާފައިވާ އަލުވި ފޮތިތައް ހަންގަޑުގައި ހުންނަ ލައްތަކުގައި އުނގުޅާށެވެެ.
