ބޭނުންވާނެ ތަކެތި:
½ ޖޯޑު ރަވާ
½ ފުށް
1 ސައިސަމުސާ ކަދުރު (މުގުރާފައި)
½ 1 ސައިސަމުސާ ބޭކިންގ ޕައުޑަރ
8/1 ޖޯޑު ހަކުރު
1 ތަށި ކިރު
½ ތަށި ތަރުކާރީ ތެޔޮ
1 މޭޒުމަތީ ސަމުސާ ނަޓްސް (ބޭނުން ވައްތަރެއްގެ)
ތައްޔާރުކުރާނެ ގޮތް:
އަވަން 350 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލާށެވެ. ދެން 9 އިންޗީގެ ވަށައިގެންވާ ބޭކިންގ ތަވައެއްގައި ބަޓަރ ކޮޅެއް ހާކާށެވެ.
ކުޑަ ތަށިގަނޑެއްގައި ރަވާ، ފުށް، ކަދުރު އަދި ބޭކިންގ ޕައުޑަރ އެއްކޮށްލާށެވެ.
ބޮޑު ތައްޓެއްގައި ހަކުރު ގިރާލާށެވެ. ދެން ކިރުކޮޅެއްއަޅާ ހޫނުކޮށްލާށެވެ. ކުރިން ތައްޔާރުކުރި ފުށްގަނޑުގެ ތެރެއަށް ތެޔޮ އަޅާފައި އިލެކްޓްރިކް ބީޓަރަކުން 5 މިނެޓް ވަންދެން އެއްކޮށްލާށެވެ.
ދެން ތައްޔާރުކޮށްފައިވާ 9 އިންޗީގެ ވަށް ތަވައަކަށް އަޅާށެވެ. މަށްޗަށް ނަޓްސް އަޅާށެވެ. 350 ޑިގްރީ ސެލްސިއަސް ގައި 25 އާއި 35 މިނެޓް ވަންދެން ފިހެލާށެވެ.
