ކެތްތެރިވުމަކީ ބުއްދިވެރިކަމެކެވެ.

ފަޤީރުކަންމަތީގައި ހެޔޮގޮތުގައި ދިރިއުޅުން، ދޮގުވެރި މޮޔައެއްގެ ގޮތުގައި އުޅުމަށް ވުރެން މާ ހެވެވެ.
އިލްމާ ނުލައި ފޯރިހިއްޕުމަކުން ވާނެ މޮޅެއް ނޯވެއެވެ. އަވަސް އަރައިގެން އުޅުމުން ހެދޭނީ މުޅިންވެސް ގޯހެވެ.
މީހުންގެ މޮޔަކަމުން ތިމާގެ ދިރިއުޅުން ހަލާކުކޮށްލާފައި މާތްރަސްކަލާނގެ ކިބަފުޅަށް އެކަންތައް ފޫޅުކަނޑައެވެ.
ފައިސާ ރައްޓެހިން ގިނަ ކުރެއެވެ. ފަޤީރުކަން ރައްޓެހިން ފައްސާލައެވެ.
ދޮގު ހެކިދޭ މީހާއަށް އަދަބު ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާއަކަށް ވެސް ސަލާމަތެއް ނެތެވެ.
ވެރިމީހާގެ ރުހުން ހޯދަން އެންމެން ބޭނުންވެއެވެ. ހަދިޔާދޭ މީހެއްގެ ރައްޓެއްސަކަށް ވާން ވެސް ބޭނުންވެއެވެ.
ފަގީރުމީހާގެ ގާތްތިމާގެމީހުން ވެސް އޭނާ ދެކެ ނަފްރަތު ކުރެއެވެ. ވީއިރު ރައްޓެހިން ވަކި ގާތްކަމެއް ބަހައްޓާނެ ހެއްޔެވެ؟ ފަގީރުމީހާ އާދޭސްކޮށްކޮށް ހުއްޓާ އޭނާގެ ރައްޓެހިން ގެއްލި ދެއެވެ.
އަމިއްލަ ނަފްސު ދެކެ ލޯބިވާނަމަ ބުއްދިވެރިކަން ހޯދާށެވެ. ކަންކަން ފަހުމުކޮށް ދަސްކުރާ މީހާގެ ތަނަވަސްކަން އިތުރުވާނެއެވެ.
ދޮގުހެކި ދޭ މީހާއަށް އެކަމުގެ ސަޒާ ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާ ހަލާކުވެދާނެއެވެ.
މޮޔައަކު އިއްޒަތުގައި އުޅުމާއި އަޅަކު އަމީރުންގެ މައްޗަށް އަމުރު ހިންގުން އެއީ މުނާސަބު ކަންތަކެއް ނޫނެވެ.
ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.
ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.
މޮޔަދަރިން މައިންބަފައިން ބަރުބާދު ކުރެއެވެ. ޝަކުވާ ކުރާ އަނބިމީހާއެކޭ ހުއްޓާނުލާ ބޮލަށް ޖަހާ ފެންތިކިތަކެކޭ އެއްގޮތެވެ.
މައިންބަފައިން ދަރިންނަށް ގެދޮރާއި މުދާ ދެވިދާނެއެވެ. ހެޔޮ އަނތްބަކު ދެއްވަނީ މާތްރަސްކަލާނގެއެވެ.
ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.
އަމުރުފުޅާ އެއްގޮތަށް އުޅޭނަމަ ދިރިހުރުން ލިބޭނެއެވެ. ދެކޮޅުވެރިވެ ގަންނަ މީހާއަށް ދެވޭނީ މަރާ ދިމާއަށެވެ.
ފަގީރަކަށް އެހީވެއްޖެނަމަ އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ދޫކުރެވޭ ދަރަންޏެކެވެ. އެކަލާނގެ އެ ދަރަނި އަދާކޮށް ދެއްވާނެއެވެ.
ދަރިން ކުޑައިރު ތަރުބިއްޔަތު ކުރާށެވެ. ނޫނީ އެ ދަރިންނަށް އަދަބު ނުދޭނަމަ އެ ދަރިންގެ ދިރިއުޅުން ހަލާކު ކޮށްލެވިދާނެއެވެ.
ރުޅިގަދަ މީހާ އެކަމުގެ އަގު ދައްކަން ޖެހޭނެއެވެ. އެއްފަހަރު ކަލޭ އެކަމުން އޭނާ ސަލާމަތް ކޮށްދިނަސް އެހާހިސާބުން އެކަމެއް ނުނިމޭނެއެވެ. އެކަންތައް ދާނީ ތަކުރާރު ވަމުންނެވެ.
ލިބެން އޮތްހާ ހެޔޮ ނަސޭހަތަކާއި އިލްމެއް ލިބިގަންނާށެވެ. އޭރުން ތިމާ މުޅި އުމުރުގައި ޙިކުމަތްތެރި ވާނެއެވެ.
އިންސާނާއަށް ކުރެވޭނީ ތަދުބީރެވެ. ތަގުދީރު ކުރައްވާނީ މާތްރަސްކަލާނގެއެވެ.
ވަފާތެރިކަން އިންސާނާއާ ދިމާއަށް މީހުންގެ ހިތްތައް ލަންބުވާލައެވެ. ދޮގުވެރިކަމަށް ވުރެން ފަގީރުކަން ވެސް މާހެވެވެ.
މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ދިގު އުމުރެއް ލިބެއެވެ. ނުރައްކަލުން ސަލާމަތްވެ ހިތްހަމަޖެހުން ލިބެއެވެ.
ކަންނެތް މީހާ ކާނާ އަތަށް ނަގައެވެ. އެކަމަކު އޭނާ އެކާނާ އަނގަޔާ ހަމަޔަކަށް ނުގެންދެއެވެ.
ނުވިސްނޭ މީހުންނަށް ތަންދޮރު އެނގެނީ ފުރައްސާކުރާ މީހާއަށް އަދަބުލިބޭތަން ފެނުމުންނެވެ. ވިސްނޭ މީހާ އިސްލާހުކޮށްލުމުން އޭނާ އެކަން ވިސްނައިގަނެއެވެ. އަދި ކުރިޔަށް ވުރެން ވެސް ބޮޑަށް އޭނާއަށް ތަންދޮރު އެނގިދެއެވެ.
ބައްޕައަށް އިހާނާތްތެރިވެ މައިމީހާ ފައްސާލާ މީހާއަކީ މީހުންގެ ތެރޭގައި އަގުވެއްޓިފައި ހުރި މީހެކެވެ.
އިރުޝާދުތަކަށް ފުރަގަސް ދޭ މީހާއަކީ އިލްމަށް ފުރަގަސް ދޭމީހެކެވެ.
ދޮގުހެކިދޭ މީހާ އެކުރަނީ އަދުލު އިންސާފަށް މަލާމާތެވެ. އެ ނުބައިނުލަފާ މީހުން ހީކުރަނީ ޖަރީމާއަކީ މީރު ކާނާއެއް ކަމަށެވެ.
ޢުޤޫބާތް ވަނީ ޖެއްސުން ކުރާ މީހުންނަށެވެ. މޮޔައިންގެ ބުރަކަށި ވަނީ އަދަބު ދެވުމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *