ހިކްމަތް – ހިތަށް އަރާ އެއްޗެހި ﷲ އިމްތިޙާނު ކުރައްވާ!

ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިޔާންޏަކަށް ވުރެ ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެ ކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.
ބުއްދިވެރި އަޅުސޮރު ވިޔާނުދާ ދަރީގެ މައްޗަށް ގަދަވެ، ސާހިބުމީހާގެ ތަރިކަ މުދަލުން ބައެއް އަތުލައިގަނެއެވެ.
ރަނާއި ރިހި އިމްތިޙާނު ކުރެވެނީ އަލިފާނުންނެވެ. މީހާގެ ހިތް އިމްތިޙާނު ކުރައްވަނީ މާތްރަސްކަލާނގެއެވެ.
ދެބައޮޑުވާ މީހުންގެ ބަސްތައް އަހާނީ ވިޔާނުދާ މީހުންނެވެ. ދޮގު އަޑުއަހާނީ ދޮގުވެރިންނެވެ.

ފަޤީރުންނަށް މަލާމާތްކުރުމުން އެކަން ރައްދުވަނީ ހެއްދެވި ފަރާތަށެވެ. ހާލުގައި ޖެހިފައިވާ މީހާއަށް ޖެއްސުން ކޮށްފިނަމަ އެކަމަށް އަދަބު ލިބޭނެއެވެ.
ކާފައާއިމާމައިން އެމީހުންގެ ކާފަމާމަ ދަރިންނާމެދު ފަޚުރުވެރި ވެއެވެ. ހަމަ އެފަދައިން ދަރިން އެމީހުންގެ މައިންބަފައިންނާމެދު ވެސް ފަޚުރުވެރި ވެއެވެ.
ހަމަ ޖެހޭ ވާހަކައެއް ދެއްކުމަކީ މޮޔަޔަކާ ނުގުޅޭ ކަމެކެވެ. ވެރިޔަކު ދޮގެއް ހެދުމަކީ އޭނާއާ ވެސް ނުގުޅޭ ކަމެކެވެ.
ރިޝްވަތުދޭ މީހާ ހީކުރަނީ އެއީ ޖާދޫގެ ހިލަކޮޅެއް ކަމަށެވެ. ރިޝްވަތު ދިނުމުން އޭނާ ބޭނުންހާ ކަމެއް ވެދާނެ ކަމަށެވެ.
މަޢާފު ދިނުމަކީ ލޯބި އިތުރުވާ ކަމެކެވެ. އެކަމަކު އެވާހަކަ ތަކުރާރުކޮށް ދެއްކުމަކީ ގުޅުން ކެނޑިދާ ކަމެކެވެ.
އިސްލާހު ކުރުމަށް ވިސްނުންތެރިޔެއްގެ ގާތު މީހަކު ބުނެލާ އެންމެ ބަހެއް ވެސް، މޮޔައެއްގެ ގައިގައި އެއްތެލަކުން ސަތޭކަ އެތިފަހަރު ޖެހުމަށް ވުރެ ފައިދާ ކުރެއެވެ.
ނުބައި މީހުން ހަމަނުޖެހުން އުފައްދަން އަވަސްވެގަނެއެވެ. އެކަމަކު އެމީހުންނަށް ގަދަފަދަ ސަޒާ ދެވޭނެއެވެ.

ދަރިން ގެއްލިފައި ވީ ސާރިދޯޅައެއްގެ އަތްދަށުވިޔަސް މޮޔަވެފައި ހުރި މޮޔައެއްގެ އަތްދަށު ނުވާށެވެ.
ހެޔޮކަމުގެ ބަދަލުގައި ނުބައިކަމެއް ކުރާ މީހެއްގެ ގެއިން ނުބައިކަން ފިލާ ނުދާނެއެވެ.
އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.
ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.

ރަޙުމަތްތެރިޔާ ހުންނާނީ އަބަދުވެސް ތިމާއަށް ހެޔޮއެދުން މަތީގައެވެ. އަޚާ ހުންނާނީ އެހީއަކަށް ބޭނުންވާ ހިނދު އެހީތެރިވުމަށެވެ.
އެހެން މީހެއްގެ ދަރަންޏަކާ ހަވާލުވުމަކީ މޮޔަކަމެކެވެ. ގާތްމީހެއްގެ ދަރަންޏަކާ ވެސް މަތިނުވާށެވެ.
އަރައިރުންވާ ހިތުން ހުންނަމީހާ ފާފައަށް އަރައިގަންނަ ހިތްވެއެވެ. ދޮރާށި އުސްކޮށްގެން ހުންނަ މީހާއަށް ނުރައްކާ ހުށަހެޅެއެވެ.
ތެދުވެރި ނުވުމުން ލިބޭ މޮޅެއް ނޯވެއެވެ. ދޮގުހެދުމުން އޮތީ ހަލާކެވެ.

މޮޔަ ދަރިއެއްގެ މައިންބަފައިންނަކަށް ހިތާމަ ނޫން ކަމެއް ނެތެވެ. ދެކޮޅުވެރި ދަރިއެއްގެ ބަފާއަށް ލިބޭ އުފަލެއް ނެތެވެ.
އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.
ނުބައި މީހުން އިންސާފަށް ހުރަސް އެޅުމަށް ރިޝްވަތު ހިފައެވެ.
ހަމަ ވިސްނޭ މީހާ ބަލާނީ ޙިކުމަތާ ދިމާއަށެވެ. މޮޔައެއްގެ ލޯ ދުނިޔޭގެ ކަންކޮޅަށް ފޯރުވާނެއެވެ.

މޮޔަ ދަރިން އެމީހުންގެ ބައްޕަ ހިތްދަތިކުރެއެވެ. ވިހޭ މައިމީހާ ހިތުގައި ޖައްސައެވެ.
ތެދުވެރިޔާއަށް އަދަބު ދިނުމަކީ ގޯހެކެވެ. ހެޔޮ ވެރިޔާ ހަވަރަށް ދިނުމަކީ ވެސް ގޯހެކެވެ.
ތަންދޮރު އެނގޭ މީހާގެ ބަސް މަދުވާނެއެވެ. ތަންދޮރު ދަންނަ މީހާގެ ރުޅިމަޑު ވާނެއެވެ.
މޮޔައަކު ވެސް އަނގަ ލައްޕައިގެން ހުންނައިރު ވިސްނޭ މީހެކޭ ހީވެދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *