ރިބާކާ މީހާގެ ޢަމަލަކީ ހަޑި ހުތުރު ޢަމަލެކެވެ.

މުދަލުން ކުރާ މުޢާމަލާތުތަކަކީ، ވަރަށް ޚުޠޫރަތްތެރި މުޢާމަލާތު ތަކެކެވެ. މި މުޢާމަލާތުތަކުގައި މަކަރު ހެދުމާއި، އޮޅުވައިލުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެކެވެ. އެފަދަ މުޢާމަލާތުތަކުގައި މަކަރާއި، ހީލަތް ނުހެދުމަށާއި އޮޅުވައިނުލުމަށް މާތް ﷲ އާއި، އެކަލާނގެ ރަސޫލާ  ﷺ އަމުރު ކުރައްވާފައި ވެއެވެ

އަމިއްލަ މަސައްކަތުން މުދާ ހޯދައިގެން، ކައިބޮއެ އުޅުމަށާއި، ދިރިއުޅުން ތަނވަސްކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅައެވެ. ހަމަ އެއާއެކު ފަޤީރުންނާއި، މުހުތާދުވެރިން ނިކަމެތިކޮށްގެން ދިރިއުޅޭ މީހަކަށް ނުވުމަށް އިސްލާމްދިން އިރުޝާދުދެއެވެ. ރިބާކާ މީހާގެ އަމަލަކީ ހަޑި ހުތުރު ޢަމަލެކެވެ ރިބާކާ މީހަކީ މީސަތަކުންގެ މައްޗަށް އެއްވެސް ރަޙްމެއް، އޯގާވެރިކަމެއް ހުރި މީހެއްނޫނެވެ. މާތް ﷲ އެފަދަ މީހާ ސިފަކުރައްވާފައި ވަނީ، ދެފައި މައްޗަށް ތެދުވެ ހުރުމުގެ ބާރު ލިބިފައިނުވާ މީހެއްގެ ގޮތުގައެވެ. އެ މީހާ އެހެން މީހުންފަދައިން، ދެފައި މައްޗަށް ތެދުވެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް ފައިގައި ވަރުނެތުމުގެ ސަބަބުން، މޫނު ވަތަށް ވެއްޓެނީއެވެ.

މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.  "ރބާ ކާމީހުން، ޖިންނި މޮޔަވެގެން ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ގިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ." ގިނަ ތަފްސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި، މީސްތަކުން މާތް ﷲ ގެ ޙަޟްރަތަށް ޙާޟިރު ކުރެވޭ ދުވަހު، ރިބާކާ މީހުން ތިބޭނީ އެފަދަ ޙާލެއްގައެވެ. މިފަދަ މީހުންގެ ދުންޔަވީ ޙަޔާތުގައި ވެސް އެމީހުން ތިބޭނީ، އަމިއްލަ ނަފްސުގެ ތަވާޒުނު ގެއްލިފައެވެ. އިމާންކަމާއި، ޟަމީރުގެ ހަރުދަނާކަމެއް ނެތުމުގެ ސަބަބުންނެވެ. މުދަލަށް އަޅުދާސްވެފައިވާ މީހާ އަބަދުވެސް ވިސްނާނީ މުދަލާމެދުގައެވެ. އެހެން ކަމަކާމެދު ވިސްނައި ފިކުރެއް ނުކުރާނެއެވެ. އޭނާގެ ހިތާއި ޟަމީރު އޮންނާނީ  އަމިއްލަ އެދުމާއި، ހަރުކަށިކަމުން ވަންހަނާވެ ފޮރުވިފައެވެ.

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *