ކައިވެންޏަށް ތައްޔާރުކަން ދެނެގަންނާނެ ގޮތަކީ މިއީ

ކޮންމެ މީހަކުވެސް މީހަކާއި ލޯބީގެ ގޮތުން ގުޅެނީ ފޮނި އުއްމީދުތަކާއެކުގައެވެ. ކައިވެންޏެއްކޮށް އުފާވެރި އާއިލާއެއް ބިނާކުރުމުގެ އުއްމީދާއެކުގައެވެ. އެކުގައި މުޅި އުމުރު ހޭދަކުރުމުގެ ހުވަފެންތަކާއެކުގައެވެ. އެހެންނަމަވެސް މި އުއްމީދުތަކާއި ހުވަފެންތަކުގައި ހަގީގީ ކުލަ ނުޖެހޭ ފަހަރުވެސް އާދެއެވެ. ތިމާގެ ބައިވެރިޔާ ކައިވެންޏާއި މެދު ވިސްނާތޯ ދެނެ ނުގަނެވެނީސް ގުޅުންތައް ނިމެނީ މަދު ފަހަރަކު ނޫނެވެ. އެހެންކަމުން ލޯބީގެ ގުޅުން، ކައިވެންޏާއި ހަމައަށް ގެންދަން ބޭނުންވާނަމަ އުޅޭ އުޅުމާއި ކުރާ ކަންކަމުންވެސް އެކަން އެނގިގެންދާނެއެވެ.

ބައިވެރިޔާ، އޭނާގެ އާއިލާ އާއި މައިންބަފައިންގެ ކައިވެނީގެ ގުޅުންތައް ކާމިޔާބު ވާހަކަ ހިއްސާކުރާނަމަ އެ ދެވޭ ސިގްނަލަކީ ބައިވެރިޔާވެސް އެފަދަ ކާމިޔާބު ގުޅުމަކަށް ތައްޔާރުކަމުގެ ސިގްނަލެވެ. ކައިވެނިކޮށް އުފާވެރި ހަޔާތެއް ބޭނުންވާނަމަ އަބަދުވެސް އެފަދަ ވާހަކަތައް ދައްކާނެއެވެ. ކައިވެނިކުރުމަށް ތައްޔާރުވާނެ ގޮތާއި ކައިވެންޏަށް ފަހު ދިރިއުޅޭނެ ގޮތުގެ ޕްލޭންތައް ހިއްސާކުރާނެއެވެ. ބައިވެރިޔާ ގުޅުމާއި މެދު ސީރިއަސް ނަމަ އާއިލާ މީހުންނާއި ރައްޓެހިންނަށް ތިމާ ތައާރަފްކޮށްދޭނެއެވެ. އާއިލާ އާއި ރައްޓެހިން ބާއްވާ މުހިއްމު ހަފްލާތަކަށް އެއްކޮށް ގެންދަން ބޭނުންވާނެއެވެ. އަދި އަބަދުވެސް ދެ އާއިލާގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޚާއްސަ އިސްކަމެއް ދޭނެއެވެ.

މިއީ ތަންކޮޅެއް ގަބޫލުކުރަން އުދަގޫ ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް ކައިވެންޏެއްކޮށް އެކުގައި ދިރިއުޅުމަށް ބޭނުންވާނަމަ އަބަދުވެސް ތިމާ ދިރިއުޅޭތަނަށް ބޭނުންވާ ސާމާނުތައް ގަތުމުގައި މަޝްވަރާ ހޯދާނެއެވެ. ދެމީހުންނަށް ކަމުދާ ފަރުނީޗަރާއި އެހެނިހެން ސާމާނު ގަތުމުގައި އިސްކަންދޭނެއެވެ. އަބަދުވެސް އެކަކު އަނެކަކާއި މެދު ކުރާ އުއްމީދުތަކާއި ހުވަފެންތަކުގެ ވާހަކަދައްކާނެއެވެ. އަދި އެކަންތައްތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެއެވެ.

މި ސިފަތައް ބައިވެރިޔާގެ ކިބައިން ފެންނަ ނަމަ އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން ކަމުގައި ނިންމާށެވެ. އަދި ތިމާ ކައިވެންޏަކަށް ތައްޔާރުވެފައިނުވާނަމަ ދެމީހުން އެކަމާއި މަޝްވަރާކުރާށެވެ. އަބަދުވެސް ތެދުވެރިކަމާއެކު ހަގީގަތް ހާމަކުރާށެވެ. ހަމަ ޔަގީނުންވެސް ލޯބިވާނަމަ އެކަކު އަނެކަކުގެ ނިންމުންތަކަށް އިޙްތިރާމް ކުރާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *