ބޭނުންވާތަކެތި:
¾ ޖޯޑު ގެރިކިރު (ކޮންމެ ވައްތަރެއްގެ ވިޔަސް ރަނގަޅުވާނެ)
2 ޖޯޑު ފެން (ރޯސް ސިރަޕް ގިރުމަށް)
½ ޖޯޑު ރޯސް ސިރަޕް
½ ސައިސަމުސާ ވެނީލާ އެސެންސް
500 ގްރާމް ވެނީލާ އައިސްކްރީމް
½ ޖޯޑު ފެން
2 މޭޒުމަތީ ސަމުސާ އިސްބަގުލު
10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ
ހަދާނެގޮތް:
ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު އެ ފްރިޖަށްލާ ދެތިން ގަޑިއިރެއް ހާއިރު ފިނިކުރަން ބަހައްޓާށެވެ. ދެން ބައިޖޯޑު ފެނަށް އިސްބަގުލުކޮޅު އަޅާލައި 30 މިނެޓުވަރު ފޯކުރަން ބަހައްޓާށެވެ.
ފަލޫދާ ތައްޔާރުކުރަންވީމާ ފުރަތަމަ ބިއްލޫރިތަށީގެ ތެރެއަށް އަޅާނީ ½ 1 މޭޒުމަތީ ސަމުސާ ފޯކުރި އިސްބަގުލެވެ. ދެން 5 މޭޒުމަތީ ސަމުސާ ޖެލީއެވެ. ދެން ފްރިޖަށްލި ރޯޒް ސިރަޕް ގަނޑުގެ ½ 1 ޖޯޑު ބިއްލޫރި ތަށްޓަށް އަޅައި ގިރާލުމަށްފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް ލާށެވެ.
