ޗެމްޕިއަންސް ލީގު؛ ފައިނަލް ގައި ރިއާލް އާއި ލިވަޕޫލް ބައްދަލު ކުރި މެޗުން މޮޅުވެ ޗެމްޕިއަންސް ލީގު 14 ވަނަ ފަހަރަށް ރިއާލުން ކާމިޔާބު ކޮށްފިއެވެ. ފްރާންސް ގައި ކުޅުނު މެޗުގައި ފުރަތަމަ ހަފުގައި ނުރައްކާތެރި ގިނަ ހަމަލާ ތަކެއް ލިވަޕޫލު އުފައްދާ ގޯލަށް އަމާޒު ކުރިނަމަވެސް ފޯމުގައި ހުރި ކީޕަރު ކޯޓުއާ ވަނީ މޮޅު ކުޅުމެއްދައްކާ ހަމަލަތައް ހުއްޓުވާފައެވެ. ދެވަނަ ހާފު ގައިވެސް ލިވަޕޫލުން ގިނަ ހަމަލާ ތަކެއް އުފެއްދިއެވެ. ރިއާލުން ލިވަޕޫލު ހުއްޓުވައި ކައުންޓަރ އެޓޭކް ގައި ނުރައްކާ ކުރަމުން ގޮސް 59 ނަވަ މިނެޓުގައި މެޗުގެ ހަމަ އެކަނި ލަނޑު ވިނިސިއަސް ކާމިޔާބު ކުރީ ވަލްވަޑޭ ތަނަވަސް ކޮށްދިން ފުރުސަތުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކީޕަރ ކޯޓުއާ އެވެ.
