ކޮންމެ ސީޒަނެއްގައި ނޭމާގެ ޓާގެޓަކީ ހުރިހާ ތަށްޓެއް ކާމިޔާބުކުރުން.

ކޮންމެ ސީޒަނެއްގައި އޭނާގެ ޓާގެޓަކީ ހުރިހާ ތަށްޓެއް ކާމިޔާބުކުރުން ކަމަށް ޕީއެސްޖީގެ ބްރެޒިލްގެ ފޯވާޑް ނޭމާ ބުނެފިއެވެ.

"ކެނަލް ޕްލަސް" އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ، އެންމެ ބޮޑު ޓާގެޓަކީ ކްލަބާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ބްރެޒިލްއާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށެވެ. ޕީއެސްޖީއާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުން އަދިވެސް ހަމަނުވާ ކަމަށާއި، އެގޮތުން އޭނާގެ ކުރިމަގު މިވަގުތު އޮތީ އެ ކްލަބާއެކު ކަމަށެވެ.

ބާސެލޯނާ ދޫކޮށް ޕީއެސްޖީއާ ނޭމާ ގުޅުނީ 2017 ވަނަ އަހަރު 198 މިލިއަން ޕައުންޑަށެވެ. އުމުރުން 30 އަހަރުގެ ނޭމާ ޕީއެސްޖީއަށް މިހާތަނަށް ކުޅުނު 144 މެޗުގައި 100 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބާއެކު ފަސް ލީގު ތަށި، ދެ ލީގް ކަޕް ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *