އެންމެ އުފާވެރި އަންހެނާއަށް ވެވިދާނެ – 13

(24 މެއި 2022 ނޫހާއިގުޅޭ)

27. ހަރާމް ކަންތައްތައް ކުރާނަމަ ދިރުއުޅުމަށްވުރެ މަރުގެންދެވުން އަވަސްވެގެން ވެއެވެ.

ޢަބްދުﷲބުން އުމަރުބުނި އަލްޙައްޠާބް ރިވާކުރެއްވިއެވެ. އެއްރެއަކު ތިންމީހަކު ފަރުބަދައެއްގެ ހޮހޮޅައިގައި ތިއްބެވެ. އަދި ބޮޑު ހިލަގަނޑެއް އެ ހޮހޮޅައިގެ ދޮރު ބަންދު ވާގޮތަށް ވެއްޓުނެވެ. އެތިންމީހުންވެސް ނުނިކުމެވޭ ގޮތަށް އެ ހޮހޮޅައިގައި ބަންދު ވެއްޖެއެވެ. އެހެންކަމުން އެމީހުން ނަމާދުކޮށް ދުޢާކޮށް މުސީބާތުން ސަލާމަތްވުމަށް ދަންނަވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް އެމީހަކު ކޮށްފައިވާ ހެޔޮ ޢަމަލަކުން ދުޢާދަންނަވަމުން ދިޔައެވެ. ދެވަނަ މީހާ ބުންޏެވެ.

" ޔާﷲ  އެވެ. މި އަޅާގެ ވަރަށް ލޯބިވާ ދެބެންގެ ދެދަރި ކުއްޖެއް ހުއްޓެވެ. އެހެން ރިވާޔަތެއްގައި ވާގޮތުން ފިރިހެނަކު އަންހެނެއްދެކެ އެންމެ ލޯބިވާވަރަށް މިއަޅާ ވަރަށް ލޯބިވާ އަންހެން ކުއްޖެއް ހުއްޓެވެ. މިއަޅާ އެ އަންހެން ކުއްޖާއަށް މިއަޅާ ހިތްއެދޭ ނުބައި ނިޔަތް ހުށައެޅީމެވެ. އެކަމަކު އެކުއްޖާ އެކަމަށް ދެކޮޅުހެދިއެވެ. އޭގެ އެއްއަހަރުފަހުން އެ އަންހެން ކުއްޖާ މިއަޅާގާތަށް އައެވެ. ފަގީރުކަމާއި ނިކަމެތި ކަމާއެކުއެވެ. މިއަޅާ އެކުއްޖާއަށް ވިހި ދީނާރު ދީފައި މިއަޅާގެ ޝަރުތު ކަމުގައިވާ އެއަންހެންކުއްޖާ މިއަޅާއާއެކުގައި ވުމަށް އެދުނީމެވެ. އަހަރެން އެކުއްޖާގެ ދެފައި ދޭތެރޭގައި އިށީނީމެވެ. އެވަގުތު އެކުއްޖާ ބުންޏެވެ. ﷲއަށް ބިރުވެތި ވާށެވެ. އަދި ﷲގެ ގާނޫނަށް ދެކޮޅު ނަހަދާށެވެ. އޭނާ ﷲއަށް ބިރުވެތިވެ އެ ނުބައި އަމަލު ހިންގުމަށް އުޒުރުވެރިވަމުން ދިޔައެވެ. ނަމަވެސް ފަގީރުކަމާއި ގޮތްހުސްވުން، އޭނާ އަހަރެންގެ ޢަމަލު ހިންގުމަށް އިންކާރެއްވެސް ނުމެ ކުރޭމެއެވެ. އެކުއްޖާ ﷲއަށް ބިރުވެތި ވުމަށް މިއަޅާއަށް ނަސޭހަތް ތެރިވަމުން ދިޔައެވެ. މި ބިރުވެތިވުމަށް އެދުމުން ދިއުމުގެ ނަތީޖާއަކީ މިއަޅާގެ ހިތުގައި އެކުއްޖާ ބޭނުންނަމަ އެކުއްޖާއާއި ކައިވެނިކޮށް ހުއްދަގޮތުގައި އެކުއްޖާ ގެންގުޅުމަށް ނިންމުމެވެ. އަދި ހަރާމް ޒިނޭއާއި ދުރުހެލިވުމެވެ. މި ހެޔޮ އަމަލު އެކަލާނގެއަށް ދަންނަވާ ކުއްތަން ވުމުން އެކަލާނގެ އެ ބޮޑު ހިލަގަނޑު ދޮރުމަތިން ދުރުކުރައްވައި އެމީހުންނަށް ނިކުމެވޭނޭ ގޮތް މެދުވެރި ކުރެއްވިއެވެ.

 

28. ރަހުމަތް ލިބިފައިވާ ދުވަހެއް

ފަތިހު ފަތިސް ނަމާދު ކުރާށެވެ. ހިމޭންކަމާއެކު ފަނަރަވަރަކަށް މިނިޓް ގިބްލައަށް ކުރިމަތި ލައިގެން ހުރެ ޚާލިޞް ހިތަކުން ﷲއަށް ކުއްތަން ވާށެވެ. އެކަލާނގެ ހަނދުމަކޮށް އެކަލާނގެއަށް ދަންނަވާށެވެ. ހެޔޮދުވަހެއް ދެއްވުމަށް ދަންނަވާށެވެ. އުފާވެރި ހިތްހަމަޖެހޭ ދުވަހެއް ދެއްވުމަށް ދަންނަވާށެވެ. ކާމިޔާބު ތަނަވަސް ދުވަހެއް ދެއްވުމަށް ދަންނަވާށެވެ. ފާފަތަކާއި ކުށްތަކާއި ހިތްހަމަނުޖެހުމާއި ހާސްކަން ނެތް ދުވަހެއް ކަމުގައި ވުމަށް ދަންނަވާށެވެ.

ހަމަކަށަވަރުންވެސް އެދުވަސް ވާނީ ހާސްވުމެއް ކަންބޮޑުވުމެއް ނެތް ދުވަހަކަށެވެ. ސަބަބަކީ ތިބާ އެކަލާނގެ ޙަޟްރަތުން އެކަންކަމަށް ވަނީ އެދިފައެވެ. ތިބާ ހުރިހައި ކަމެއް ﷲއަށް ދޫކޮށްލައިފީމުއެވެ. އެކަލާނގެ ތިބާ އެދުން ފުރިހަމަ ނުކޮށްދެއްވާ މާޔޫސް ނުކުރައްވާނެއެވެ.

ތިބާ ކަމެއް ކުރަމުން ދާއިރު ނުވަތަ އިށީނދެގެން އިންނަ ވަގުތު ގުރުއާން ޖަހާށެވެ. ރީތިކޮށް ޤުރުއާން ކިޔަވަމުންދާއިރު އަޑުއެހުމަކީ ރަނގަޅު ކަމެކެވެ. އެކަލާނގެ ބާވައިލެއްވި ފޮތަކުން އާޔަތްތައް އިވެމުން ދާއިރު ކަންބޮޑުވުމާއި އޮޅުންބޮޅުން ފިލައިގެން ދާނެއެވެ. އަދި ކުރިއަށްވުރެ ނަފުސަށް ހަމަޖެހުން ދެއްވާނެއެވެ.

ކަލެއަށް ނުކުރެވޭ ކަންކަމާމެދު ދެރަނުވާށެވެ. އޭގެ ބަދަލުގައި ކަލެއަށް ކުރެވިދާނެ ކަމަކާބެހޭ ގޮތުން ވިސްނައި އެހުރި ކަމެއް ތަރައްގީ ކުރާށެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓު:
މިލިޔުމަކީ، ޑރ. ޢައިދް އަލް ޤަރްނީ ލިޔުއްވާފައިވާ ” ޔޫ ކޭންބީ ދަ ހެޕިއެސްޓް ވުމެން އިން ދަ ވޯލްޑް” މިފޮތުގެ އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *