މޭވާއިން ތައްޔާރުކުރެވޭ ކަސްޓަޑް

ބޭނުންވާ ތަކެތި:

2 ޖޯޑު ފެން

1 ޖޯޑު ގެރިކިރު

3 މޭޒުމަތީ ސަމުސާ ކަސްޓަޑް ޕައުޑަރު

2/3 ޖޯޑު ދަޅުގައި ބަންދުކޮށްފައި ހުންނަ ވައްތަރުގެ މޭވާ ނުވަތަ ތަފާތު ވައްތަރުގެ މޭވާ

ތައްޔާރުކުރާނެ ގޮތް:

މޭވާ ނޫން އެހެން ހުރިހާ އެއްޗެއް ތެއްޔަކަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އިތުރަށް ފޮނިކުރަން ބޭނުމިއްޔާ މިގަޑީގައި ދެތިން މޭޒުމަތީ ސަމުސަލުގެ ހަކުރުކޮޅެއްވެސް އަޅާލެވިދާނެއެވެ. ދެން ކައްކަން އުދާށެވެ. ގިނި ބަހައްޓާނީ މެދުމިނެއްގައެވެ. ފުލުގައި ހިފިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ހަލާލަން ވާނެއެވެ.

ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކެން ފަށާނެއެވެ. އެހެންވާ ހިސާބުން ފަށައިގެން ކެކި ނިމެންދެން ގެންދަންވާނީ ހުއްޓާނުލާ ހަލަމުންނެވެ. ތެލީގައިވާ ތަކެތި ނިކަން އޮލަވަންދެން މިގޮތަށް ކައްކަމުން ގެންދާށެވެ.

ކަސްޓަޑުގަނޑު އޮލަވީމާ އުނދުން ނިވާލާށެވެ. ދެން މޭވާކޮޅު އެއްކޮށްލާށެވެ. ބޭނުމިއްޔާ ފަހުން މައްޗަށް އުކާލާނެ އެތިކޮޅެއް ބަހައްޓާފައިވެސް މިކަން ކުރެވިދާނެއެވެ. ދެން އެއްޗަކަށް އަޅާފައި ފިނިކުރަން ފްރިޖްގައި ބަހައްޓާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *