ފިނާލިސިމާ 2022 ތާރީޚީ މެޗު ކާމިޔާބު ކޮށް މެސީ ތަށި އުފުލާލައިފި.

ފިނާލިސިމާ؛ "ފިނާލިސިމާ 2022″ ތާރީޚީ މެޗު ކާމިޔާބު ކޮށް އާޖެންޓީނާ ތަށި އުފުލާލައިފިއެވެ. އިންގްލެންޑް ގެ ވެމްބްލީ ސްޓޭޑިއަމް ގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާރޖެންޓިނާ ވަނީ 2 ގޯލުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ގޯލަކީ މެސީގެ މޮޅު ކުޅުމާއި އެކު އިޓަލީގެ ޑިފެންޑަރުން ކައިރިން ދެމިގަނެ ލުޓާރޯ އަށް ހުރަސް ކޮށްދިން ޕާހަކުން 28 ވަނަ މިނެޓުގައި ކާމިޔާބު ކުރި ގޯލެކެވެ. ދެވަނަ ގޯލަކީ ލުޓާރޯ ގެ ތުރޫ ޕާހަކުން ޑިމަރިއާ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބު ކުރި ގޯލެކެވެ.

ދެވަނަ ހާފުގައި އާޖެންޓިނާ ގެ ކުޅުން ފުރަތަމަ ހާފަށް ވުރެ ވަރުގަދަ ކޮށް ފެނިގެން ދިޔައެވެ. އަދި އިޓަލީން ޕްރެޝަރަށް ވެއްޓި ބައިކޮޅަށް ވަންނަން ދިޔަ ގޯލް ރޮނގު މަތިން ސަލާމަތް ކުރީ ކީޕަރު ޑޮނަރުމާ އެވެ. ފުލު ފުލުން ޑިމަރިއާ، މެސީ، ލުޓާރޯ، އަދި ލޮސެލްސޯގެ ހަމަލާތަކުން އިޓަލީ އަށް ދިޔައީ ހާސްކަން އިތުރު ކުރަމުންނެވެ. ނަތީޖާ އަކަށްވީ އިޓަލީން ކުރަމުންދިޔަ ފައުލްތަކަށް ކާޑު ދައްކަން ރެފްރީ އަށް މަޖުބޫރު ވުމެވެ. މެޗުގެ ފަހު މިނެޓުގައި ޑިބާލާ ކުޅެން ނިކުމެ ކާމިޔާބު ކޮށްދިން ގޯލުން ތިނެއް – ސުމަކުން މެޗު ކާމިޔާބު ކުރިއެވެ.

"ފިނާލިސިމާ 2022″ އަކީ ކޮމެބޯލް އާއި ޔޫއެފާގެ ޗެމްޕިއަނުން، ތާރީހުގައި ވެސް ކުޅުނު ފުރަތަމަ މެޗެވެ. އެންމެ ފުރަތަމަ 1985 ވަނަ އަހަރު މެޗު ކާމިޔާބުކުރީ 2-0 އިން އުރުގުއޭ ބަލިކޮށް ފުރާންސް އެވެ. އެއަށް ފަހު 1993 ވަނަ އަހަރު އާޖެންޓީނާ ކާމިޔާބުކުރީ ޑެންމާކާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ. އެއީ ލެޖެންޑް މަރަޑޯނާގެ ކެރިއަރުގައި ހޯދި އެންމެ ފަހު ކާމިޔާބީ އެވެ.

މިކާމިޔާބީ އާއި އެކު މެސީ މިވަނީ އޭނާގެ މޮޅު ކުޅުން ދައްކައި ގައުމީޓީމާއި އެކު ދެ ޓްރޮފީ އުފުލާލައި ފާޑު ކިޔާ މީހުންނަށް ފުރިހަމަ ރައްދެއް ދީފައެވެ. "ފިނާލިސިމާ 2022″ ގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައި ވަނީ މެސީއެވެ. އަދި މިއީ މެސީގެ 40 ވަނަ ފުޓުބޯޅަ ޓްރޮފީ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *