ޕެޓީޒް

ބޭނުންވާ ތަކެތި:

1 މަސްދަޅު މަސް

1 ފިޔާ (ތުނިކޮށް ކޮށާފައި)

½ ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)

1 ލުނބޯ

½ ސައިސަމުސާ އިނގުރު  (ގާނާފައި)

2 ލޮނުމެދު (ގާނާފައި)

1 ޖޯޑު އަލުވި (މަޑުކޮށްފައި)

ހިކަނދިފަތް

ލޮނު

ފެން

ތެޔޮ

ފުށް(މޮޑެފައި)

 

ހަދާނެ ގޮތް:

ފިޔާ،ގިތެޔޮމިރުސް، ހިކަނދިފަތް، އިނގުރު، ލޮނުމެދު ތަށްޓަކަށް އަޅާ ރަނގަޅަށް މޮޑޭށެވެ. ދެން ލުނބޯ ހުތް އޭގެ ތެރެއަށް ފިތާލާފައި ފިޔާކޮޅު މަޑުވެ އެއިން ދިޔަ ނިކުންނަންދެން އަނެއްކާވެސް އަތުން މޮޑޭށެވެ.ދެން މަސްދަޅު އަޅާލާފައި އިތުރަށް ރަނގަޅަށް މޮޑެލާށެވެ. އަލުވި ކޮޅުވެސް ފިޔާކޮޅު ތެރެއަށް އަޅާފައި ރަނގަޅަށް އެއްވަންދެން މޮޑެލާށެވެ. ލޮނުއަޅާ ރަހަ ބަލާލާލާށެވެ. ލޮނު ހެޔޮވަރު ކުރުމަށްފަހު އަނެއްކާވެސް މޮޑެލާށެވެ. އެއިރުން މަސްގަނޑު މޮޑެ އެ ނިމުނީއެވެ.

ދެން މޮޑެފައިވާ ފުށްގަނޑުން ގުޅަ ވަށާށެވެ. ރޮށި ދަމާއެތި ބޭނުން ކޮށްގެން އެތަނުން ފަހަރަކު ފުށްގުޅައެއް ވަށްކޮށް ތުނިކޮށް ދަމާލާށެވެ. ތައްޓެއް ބޭނުންކޮށްގެން ނުވަތަ ގެރިކިރު ހުސްކުރި ދަޅެއް ބޭނުން ކޮށްގެން ދެމި ފުށްގަނޑުން ވަށް ބޮޅު ކަފާށެވެ. އަދި ބޮޅުތައް ކެފެމުންދާ ވަރަކުން ތަށްޓެއްގައި އަތުރަމުން ދާށެވެ.

ކުރިން ތައްޔާރު ކުރި މަސްގަނޑުން ސައިސަމުސަލެއްގެ އެތިކޮޅެއް  އެތަނުން އެއް ބޮޅުގެ އެއް ފަރާތަށް އަޅާށެވެ. ދެން މެދުން މަސްގަނޑުގެ މަތިން ފުށްގަނޑު ފަތްޖަހާލާފައި އިނގިލިތަކުން ފިތާލާ އަރިމަތިތައް ބައްދާލާށެވެ. ދެން ތަށްޓެއްގައި ބާއްވާލާފައި އުލެއްގެ ކޮޅުން އަރިމަތިތަކަށް އޮބާލައިގެން ޕެޓީސް ވަށައިގެން ހުންނަ ކުދި ރޮނގު ޑިޒައިން ހަދާށެވެ.

ތެއްޔަކަށް ތެޔޮ އަޅައި ރަނގަޅަށް ހޫނު ކުރުމަށްފަހު ތައްޔާރުކުރި ޕެޓީސް ތެޔޮގަނޑުގެ ތެރެއަށް ލާފައި ރަންކުލަ އަރަންދެން ތެލުލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *