ޒައިނަބު ބިންތުލް ކަމާލްއަކީ ސަތާރަވަނަ ޤަރުނުގައި އެންމެ ފާހަގަކޮށްލެވޭ އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަންހެން ބޭފުޅެކެވެ. މުސްލިމުންގެ ތާރީޚުގައި އެތައް ސަތޭކަ އަންހެން ޙަދީޘް ޢިލްމުވެރިންގެ ތެރެއިން އެންމެ މުހިއްމު އެއް ބޭފުޅަކީ ޒައިނަބެވެ.
ޒައިނަބަކީ ފިޤުހުގެ ޙަންބަލީ މަޛްހަބަށް ނިސްބަތްވާ ދިމިޝްޤުގެ ބޭފުޅެކެވެ. އެކަމަނާ ވަނީ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ އިޖާޒާ (ޑިޕްލޮމާ ނުވަތަ ސެޓްފިކެޓް) ހޯއްދަވާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ޙަދީޘް ޢިލްމެވެ.
މީލާދީން ސަތާރަވަނަ ޤަރުނުގެ ކުރީކޮޅު ޞަޙީޙް ބުޚާރީ، ޞަޙީޙް މުސްލިމް، މަލިކް ބުނި އަނަސް، އަލްތިރްމީދީގެ ޝަމާޢީލް، އަދި އަލްތަހާވީގެ ހަދީޘްތައް ދަސްކުރެއްވިއެވެ.
އެކަމަނާގެ ދަރިވަރުންގެ ތެރޭގައި އުތުރު އެފްރިކާގެ ދަތުރުވެރިޔާ އިބްނު ބަޠޫތާ (މަރުވީ 1369)، ތާޖް އަލްދީން އަލް ސުބްކީ (މ. 1355)، އަލްދަހާބީ (މ. 1348) ހިމެނޭއިރު، ދިހައެއްހާ އިސްނާދުތަކުގައި އެކަމަނާގެ ނަން ހިމެނިފައިވެއެވެ.
ޒައިނަބު ބިންތުލް ކަމާލް އިޖާޒާތައް އެއްކުރަން ފެއްޓެވީ އުމުރުގެ ވަރަށް ކުރީކޮޅުގައެވެ. އުމުރުން އެންމެ އެއް އަހަރުގައި ޢަބްދުލް ޚާލިޤް އަލް ނިޝްތިބްރީގެ އަރިހުން ފުރަތަމަ އިޖާޘް ލިބިވަޑައިގެންނެވިއެވެ. އޭގެ ފަހުން އިބްނުލް ސައްޔަދީ އާއި ޢަޖީބާ އަލް ބަޤަދްރިއްޔާގެ އަރިހުން އިތުރު ދެ އިޖާޒާ ލިބިވަޑައިގެންނެވިއެވެ. އުމުރުން ދެ އަހަރުގައި ހަބީބާ ބިންތު އަބީ އުމަރުގެ އަތުން އިތުރު ސެޓްފިކެޓެއް ހޯއްދެވި އެވެ. އުމުރުން ހަ އަހަރު ވީއިރު، ޙަލަބް، އިސްކަންދަރިއްޔާ، ޤާހިރާ، ޙަރާން، އަދި އަލްޝާމްގެ ޢިލްމުވެރިންގެ ކިބައިން ޢިލްމު ފޯރުކޮށްދިނުމުގެ ލިޔުމުން ހުއްދަ ލިބިވަޑައިގެންފައިވެއެވެ.
އުމުރުން 6 އަހަރާއި 12 އަހަރާ ދެމެދު އެޒަމާނުގެ ޢިލްމުވެރިން ބޭއްވި ގިނަ ޖަލްސާތަކަށް ޒިޔާރަތް ކުރައްވައި، އަޑުއައްސަވާފައިވާ ލިޔުންތައް ފޮނުވުމުގެ ޚާއްޞަ ޝަރަފު ލިބިވަޑައިގެންނެވިއެވެ. ޒައިނަބު އެހާ ކުޑައިރުވެސް ޒައިނަބުއަށް އެމީހުންގެ ޢިލްމު ފޯރުކޮށްދިނުމަށް ޢިލްމުވެރިންނަށް ޔަޤީންކަން ލިބިގެންދިޔައެވެ.
އެހާ ޅައުމުރުފުޅުގައި ޒައިނަބު ބިންތުލް ކަމާލް އިޖާޒާތައް އެއްކުރުމަކީ އިންތިހާއަށް އާދަޔާ ހިލާފުކަމެކެވެ. އެއީ އެކަމަނާގެ ބައްޕަ އަޙްމަދު ކަމާލް އަލްދީން އަލް މަޤްދީސީއަށް ދުވަހަކުވެސް ދީނީ ޢިލްމުވެރިއެއްގެ އަބުރު ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް، އޭނާގެ ޙަދީޘް ފޯރުކޮށްދިނުމަށް އެކަމަނާގެ ދޮންބައްޕައަކީ މިކަމަށް އެހީތެރިވެވަޑައިގެންނެވި ފަރާތްކަމަށް ވާހަކަ ދެކެވެއެވެ.
ޒައިނަބު ބިންތުލް ކަމާލްގެ ކުޑައިރުން ފެށިގެން އުމުރުން 60 އަހަރާ ހަމައަށް އޭނާގެ ޙަޔާތުގެ ތަފްސީލު ލިޔެފައިވާ މަޞްދަރުތަކެއް ނެތް ނަމަވެސް، އޭނާގެ ފަހުގެ އަހަރުތަކަށް އިޝާރާތްކޮށް އޭނާގެ ވާހަކަ ލިޔެވިފައިވެއެވެ.
މި ލިޔުންތަކުގައި ޒައިނަބު ފޮނުއްވާފައިވާ ޙަދީޘް ޖަމާޢަތްތަކުގެ އަސަރުގަދަ އަދަދާއި މުހިންމުކަމުގެ ވާހަކަ ބަޔާންވެފައިވެއެވެ. އަދި އެކަމަނާއަކީ އިސްލާމް ދީނުގެ ލިޔުންތައް ފޯރުކޮށްދޭ ޢިލްމުވެރިއެކެވެ. ދިމިޝްޤުގެ ސެޓްފިކެޓްތައް ކެޓަލޮގް ކުރެވުނު މުޢުޖަމް އަލްސަމާޢަތުލް ދިމަޝްޤިއްޔާގައި ޒައިނަބު ބިންތުލް ކަމާލް މަޖްލިސް އަލްސާމާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ފާހަގަ ކޮށްފައިވެއެވެ.
ޒައިނަބު ބިންތުލް ކަމާލް ދުވަހަކުވެސް ކައިވެންޏެއް ނުކުރެއެވެ. އުމުރުން 94 އަހަރުގައި ޒައިނަބު އަވަހާރަވި އިރު ޒައިނަބުގެ އަތްޕުޅުގައި ގިނަ އަދަދެއްގެ އިޖާޒާތަކެއް ހުރި ކަމަށް ބުނެވެއެވެ. އެކަމަނާއަކީ ޚާއްސަ އިޙްތިރާމް ލިބިގެންވާ ޢިލްމުވެރިއެއްކަމުން، މުސްނިދާތުލް ޝާމްގެ ލަޤަބު ލިބިވަޑައިގެންނެވިއެވެ.
