ކޮލެސްޓްރޯލަކީ ދިވެހިންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއް

ގިނަ އަދަދެއްގެ ދިވެހިން ދަނީ ކޮލެސްޓްރޯލް ގިނަވުމުން ބޭސްކާން މަޖުބޫރުވެފައެވެ. ކޮލެސްޓްރޯލް އަކީ ހިތާއި ލޭހޮޅިތަކުގެ ބައެއް ބަލިތަކުގެ އަސްލު ސަބަބަކަށް ވާތީ މިއަދު ސިއްހީ ގޮތުން ވަރަށް ގިނަ ދިވެހިންގެ ކަންބޮޑުވުމެކެވެ.

ކޮލެސްޓްރޯލަކީ ކޮބާ؟

ކޮލެސްޓްރޯލް މަތިވުމުގެ މާނައަކީ ލޭގައި ކޮލެސްޓްރޯލް ކިޔާ ފެޓީ މާއްދާއެއް މާގިނައިން ހުރުމެވެ. ބަރުދަން އިތުރުވުމާއި، އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުމާއި، ފެޓީ ކާނާ ބޭނުންކުރުމާއި، އިށީނދެ އިނދެ އުޅުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ތަފާތު ބުއިންތަކުން ކޮލެސްޓްރޯލް މަތިވެއެވެ. ކޮލެސްޓްރޯލްގެ ދެ ވައްތަރެއް ވެއެވެ: ލޯ ޑެންސިޓީ ލިޕޯޕްރޮޓީންސް (އެލްޑީއެލް)، ނުބައި ކޮލެސްޓްރޯލް އަދި ހައި ޑެންސިޓީ ލިޕޯޕްރޮޓީންސް (އެޗްޑީއެލް)، ރަނގަޅު ކޮލެސްޓްރޯލެވެ. އެލްޑީއެލް އަކީ ހިތުގެ ގިނަ ބަލިތައް ޖެހުމަށް ގިނަ ބަޔަކު ދަންނަ ސަބަބެކެވެ. މިއާ ޚިލާފަށް އެޗްޑީއެލް އިން ރައްކާތެރިކަމުގެ ސަބަބެއްގެ ގޮތުގައި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ. އެހެންކަމުން، ކޮލެސްޓްރޯލް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ތިރީގައި މިވަނީއެވެ.

އޮމެގާ-3 ފެޓީ އެސިޑް ބޭނުންކުރުން

އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށާއި ސިކުނޑިއަށް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދެއެވެ. އެހެންކަމުން، ހިތުގެ ބަލިތަކާއި ސްޓްރޯކްތަކުން ރައްކާތެރިވެ، އަދި އާތުރައިޓިސް ކޮންޓްރޯލް ކުރުމަށް އޮމެގާ-3 ފެޓީ އެސިޑް ބޭނުންކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކެންސަރާއި އެހެނިހެން ހާލަތްތަކުން ރައްކާތެރިކޮށްދޭ ފަށަލަތަކެއްގެ ގޮތުގައި އޮމެގާ-3 ފެޓްސް މަސައްކަތް ކުރެއެވެ. މި މުހިއްމު ފެޓްތަކުން ހާސްކަމާއި ޑިޕްރެޝަނާ ދެކޮޅަށް ހަނގުރާމަކޮށް، އަހަރެމެންގެ ލޮލުގެ ސިއްހަތު ވަރަށް ބޮޑަށް ރަނގަޅުކޮށް، ބަނޑުގައި ހުންނަ ފެޓް، ލޭމައްޗަށް ދިއުން ފަދަ ކަންކަން ކުޑަކޮށްދެއެވެ.

އަހަރެމެންގެ ކެއުމަށް ސޮލިއުބަލް ފައިބަރު ހިމެނޭ ބައިތައް އިތުރުކުރުން

ސޮލިއުބަލް ފައިބަރު ގިނަ ކާނާގެ އެންމެ ރަނގަޅު މަސްދަރަކީ އޯޓްސް، އޯޓް ބްރާން، ރައިސް ބްރާން، ބާރުލީއެވެ. އަދި ދޮންކެޔޮ، އާފަލު، ސްޓްރޯބެރީ، ހުތް މޭވާ، އާފަލު، ބިސް ފަދަ މޭވާއާއި ތަރުކާރީގައި ވެސް ސޮލިއުބަލް ފައިބަރ ހުރެއެވެ . އަހަރެމެންގެ ދުވަހުގެ ކެއުމުގައި ސޮލިއުބަލް ފައިބަރު ހިމެނޭ ބައިތައް އިތުރުކުރާށެވެ.

ގަސްގަހާގެހިން ތައްޔާރުކޮށްފައިވާ ޑައިޓެއް ޚިޔާރުކުރުން

ސިއްހަތަށް ފައިދާ ނުކުރާ އަދި ޕްރޮސެސް ކުރެވިފައިވާ ކާނާތަކާ ޚިލާފަށް ގަސްގަހާގެހިން އުފައްދާ ކާނާތަކަކީ ކޮލެސްޓްރޯލް ނެތް ކާނާތަކެކެވެ. މި ޑައިޓަކީ ސޮލިއުބަލް ފައިބަރ އިން މުއްސަނދި ކާނާއެކެވެ.

ކަސްރަތު ކުރުން.

އެންމެ މުހިންމު ކަމަކީ ހަމައެކަނި ދުޅަހެޔޮ ކާނާ ބޭނުންކޮށްގެން އަހަރެމެންގެ ހަށިގަނޑަށް ދިރިހުރެވޭކަށް ނެތްކަމެވެ. އަޅުގަނޑުމެންގެ ދުވަހުގެ ދިރިއުޅުމަށް ވަރުގަދަ ކަސްރަތުތައް ހިމަނަން ޖެހެއެވެ. ކަސްރަތު ކުރުމަކީ އަހަރެމެންނަށް މެޓަބޮލިޒަމް އާއި ދިފާއީ ނިޒާމާއި ނަފްސާނީ ދުޅަހެޔޮކަން ބިނާކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. ބައިސްކަލް ދުއްވުމާއި، ޔޯގާ ކުރުމާއި، ޖޮގިން ކުރުމާއި، ފަތާ އުޅުން، އަވަސް ހިނގުމާއި، ދުވުން ފަދަ ކަސްރަތު ކުރުމަކީ އަހަރެމެންގެ ގެއްލުން ހުރި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދީ ރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ކަސްރަތު ކުރުމުން މާބޮޑަށް ސްޓްރެސް ނައްތާލައެވެ. އަދި ފަހި ވިސްނުމަށް ސިކުނޑިތައްޔާރުވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ލޭގެ ޕްރެޝަރު ދަށްވެ، ފުއްޕާމޭގެ ކެންސަރު، ސްޓްރޯކް، ހާޓް އެޓޭކް، އަދި ކޮރޮނަރީ ހާޓް ޑިޒީޒް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަތައް ހުއްޓާލުމުން އަހަރެމެންގެ ކޮލެސްޓްރޯލްގެ މިންވަރަށް ވަގުތުން އަދި ދިގު މުއްދަތަކަށް ފައިދާތަކެއް ލިބެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *