29. ހަމައެކަނި މިއަދާ މެދު ވިސްނާށެވެ.
އުފާވެރި އަންހެނާ ބުނާނެއެވެ. ރަނގަޅު ދުވަހަކީ އެދުވަހެއްގައި އަހަރެމެންގެ ގުޅުންތަކާއި އެދުންތަކާއި ބޭނުންތައް އަހަރެމެން ކޮންޓުރޯލް ކުރުމަށް ފުރުސަތު ނުދިނުމެވެ. އޭގެ ބަދަލުގައި ގުޅުންތަކާއި އެދުންތައް ކޮންޓުރޯލް ކުރުމުގެ ޤާބިލްކަން އަހަރެމެން ކިބައިގައި ހުރުމެވެ. އަހަރެމެންގެ ބޭނުންތައް އަހަރެމެން ކޮންޓުރޯލް ކުރުމެވެ. އެކަމަކު އަހަރެމެންގެ ބޭނުންތަކުގެ އަޅަކަށް ވެ އެ އަމިއްލަ އެދުން އަހަރެމެން ކޮންޓުރޯލް ކުރަން ފުރުސަތު ނުދިނުމެވެ. މިކަހަލަ ދުވަސްތައް އަހަރެން ހަނދާން އެބަހުއްޓެވެ. އަދި ނުވެސް ނެތޭނެއެވެ. ކޮންމެ ދުވަހަކުވެސް އަހަރެންގެ ނަފުސު އެއް ހިތާމައަށްފަހު އަނެއް ހިތާމައެއް ގެނުވާ ކަންބޮޑުވުންތަކުން ސަލާމަތްވުމަށްޓަކައި ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތަކާ ބެހޭގޮތުން ސަލާމަތްވާނެ ގޮތަށް މަސައްކަތް ކުރަމެވެ.
އުފާވެރި ދުވަހަކީ އަހަރެންގެ އަމަލު ތަކުގެ ސަބަބުން މީހުން ތައުރީފް ކުރާ އަމަލުތަކާއި ތައުރީފް ނުކުރާ އަމަލުތައް އަދި އެއްވެސް މީހަކަށް ނޭނގޭ އަމަލުތައްވެސް ކުރެވޭ ކޮންމެ ދުވަހެކެވެ. އަހަރެންގެ ވޮލެޓް ރުފިޔާއިން ފުރިފައިވިޔަސް ޢިއްޒަތްނެތީވިއްޔާ ރުފިޔާގެ ބަދަލުގައި އަބުރުވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރާ ދުވަހެވެ. މީހުން އަހަރެންނަށް ތައުރީފު ކުރާފަދަ އަމަލުތައް އެމީހުން ދުވަހަކު އަޑު ނޭހިޔަސް އަހަރެން އުމުރަށް ހަނދާންހުރެއެވެ.
މީގެ އެންމެ އުފާވެރިކަމަކީ މީހުންގެ ބަސްތަކުން ތިމާއަށް ލިބޭ ހެޔޮ ތައުރީފެވެ. އެއީ ކުޑަކަމެއްހެން ހީވިޔަސް އެއީ ތިމާއަށް އެހެން މީހުން ކުރާ އިޙްތިރާމެވެ.
މާތް ﷲ ތިމާއަށް ދެއްވި ހެޔޮ ނިއުމަތަށް އަދި ތިމާގެ އަތުގައި ހުރި ތަކެއްޗަށް އުފާކުރާށެވެ. ތިމާއަށް އެކަށީގެން ނުވާ ހުވަފެންތައް ދުށުމުގައި ވަގުތު ހޭދަ ނުކުރާށެވެ.
30. ހުރިހާއެންމެންވެސް ތިބާއާއެކު ވާނެކަމަށް އުންމީދު ނުކުރާށެވެ.
އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ހުންނަން ބޭނުމިއްޔާ ރަޙުމަތްތެރިންނާއި އާއިލާއާއި ގުޅުން ބަދަހި ކުރާށެވެ. ގާތުގައި އުޅޭމީހުންނަށް އަނެކާގެ މިޒާޖު ބޮޑަށް އެނގި ކަމެއް ދިމާވުމުން ދެފާތުންވެސް އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެވޭނެއެވެ.
ހިތާމަވެރިކަމަށް ބަލާނަމަ ދުނިޔޭގެ ހަގީގަތަށް ފުންކޮށް ވިސްނައި ކަންތައްތައް އުންމީދުނުކުރާ ގޮތަށްދާކަން އެނގޭނެއެވެ. މިއީ ދިރިއުޅުމެވެ. އެކަކަށް ކަމުނުދާކަމެއް އަނެކާއަށް ރަނގަޅުވެސް ވެދާނެއެވެ. އެކަމަކު ރަނގަޅު ގޮތަކީ މާތްﷲ އަށް ކިޔަމަންވުމާއި އެކަލާނގެއަށް ބަރޯސާވުމެވެ.
މިކައުނުގައިވާ ކޮންމެމީހަކުވެސް އޭނާއަކީ މިކައުނަށް ނިސްބަތްވާ މީހެއްކަމަށް ޤަބޫލުކުރެވޭނަމަ އޭނާވެސް ތަދުވުމާއި ކަންބޮޑުވުމާއި ނުތަނަވަސްކަންވާކަން ގަބޫލު ކުރާނެއެވެ. ހަމައެގޮތަށް އުފާވެރިކަން ވާކަން ވެސް ގަބޫލު ކުރަންވާނެއެވެ. މައްސަލަތައް ދިމާވަނީ އަދި ހިތާމަވެރިކަން އަންނަނީ ތިބާއަށް އެކަނި ނޫންކަން ޤަބޫލުކުރާނެއެވެ. ބަދުނަސީބުވެސް އަންނަކަން ޤަބޫލުކުރާނެއެވެ. އެކަމަކު ކައުނާމެދު ރަނގަޅަށް ވިސްނާމީހާ މިހުރިހައި ކަމަކީވެސް އޭނާއަށްވެސް ކުރިމަތިވާނެކަންކަން ކަމުގައި ވިސްނައި ރަނގަޅުގޮތް ގަބޫލު ކުރަންވާނެއެވެ. ހެޔޮއަމަލުކުރަން ވާނެއެވެ.
މިއަދު އުފަލުން ހުންނާށެވެ. އެކަމަކު މާދަމާއަށް މަޑުނުކުރާށެވެ.
(ނުނިމޭ)
