ތުވާލި ރަނގަޅަށް ދޮންނަން އެނގުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެކަމެކެވެ. ރަނގަޅަށް ތުވާލި ދޮވުމަކީ ހަމައެކަނި ތުވާލި ސާފުކޮށް ވަސް ނުދުވާ ގޮތަށް ބެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ނޫނެވެ. އެއީ ތުވާލިތައް ގިނަދުވަހަށް ގެންގުޅުމާއި ތުވާލީގެ ކޮލެޓީވެސް ހިފެހެއްޓޭނެ ކަމެކެވެ.
ތުވާލި ގިނަދުވަސްތަކެއް ވާންދެން ބޭނުންކުރުމުން އޭގައި ބެކްޓީރިއާ ޖަމާވާން ފަށާނެއެވެ. އަދި ތުވާލި ހަޑިވެ އޭގައި ނުބައި ވަސް ދުވަން ފަށާނެއެވެ.ހަމުުގެ މައްސަލަ ހުންނަމީހުން ތުވާލި ބޭނުންކުރާ ކޮންމެ ފަހަރަކު ތުވާލި ރަނގަޅަށް ދޮންނަން ޖެހޭނެއެވެ. އެއީ ބޭނުންކޮށްފައިވާ ތުވާލީގައި ހުރި ބެކްޓީރިއާ ހަންގަނޑުގައި ޖެހުމުގެ ސަބަބުން ހަށިގަނޑުގެ އެހެން ބައިތަކުގައިވެސް އެފަދަ މައްސަލަތައް ދިމާވާނެތީއެވެ.
ދޮވެފައިވާ ސާފު ތުވާލި ބޭނުންކުރުމުން ބެކްޓީރިއާ އުފެދުމާއި ގިނަވުން މަދުކޮށްދީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރެވޭނެއެވެ. ތުވާލި ދޮވުނުކަމުގައި ވިޔަސް ބައެއް ބެކްޓީރިއާ ތުވާލީގައި ހުރެއެވެ. އަދި ފެންވަރައިގެން ގައި ހިއްކުމުންވެސް ބެކްޓީރިޔާ ތުވާލީގައި ހޭކޭނެއެވެ. އެ ބެކްޓީރިއާ އެތަނުގައި ހުރުމުން އިތުރު ބެކްޓީރިޔާ އުފެދި ގިނަވާން ފަށާނެ އެވެ. އަވަސް އަވަހަށް ތުވާލި ދޮވުމަކީ އިންފެކްޝަން ޖެހުމާއި ބިހި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.
ތުވާލިތައް ދޮންނައިރު އަބަދުވެސް އެހެން އަންނައުނާއި ވަކިން ދޮންނާށެވެ. ކުލަކުލައިގެ ތުވާލިތަކާއި ހުދު ތުވާލިތައްވެސް ވަކިން ބަހައްޓާށެވެ. ތުވާލި ދޮންނައިރު އާންމު ގޮތެއްގައި ބޭނުންކުރާ އޯމޯގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އިތުރުކޮށްލާށެވެ. ނަމަވެސް މާގިނައިން އޯމޯ ބޭނުންކުރުމުން ތުވާލިތައް ހަލާކުވެ ބެކްޓީރިއާ އުފެދުމުގެ ފުރުސަތު އަވަސްވެގެން ދެއެވެ.
ހުދު ތުވާލި ހޫނު ފެނުގައި ވަކިން ދޮންނާށެވެ. އަދި ކުލަކުލައިގެ ތުވާލި ހޫނު ފެނުގައި ދޮންނާށެވެ. ތުވާލިތައް އަވިން ހިއްކުމަކީ މުހިއްމު ކަމެކެވެ. މިއީ ރާއްޖޭގައި ކުރަން އުނދަގޫ ކަމެއް ނޫނެވެ. މިކަމަށް އަބަދުވެސް ސަމާލުކަން ދޭށެވެ.
ސާފުކޮށް ދޮވެލާފައިވާ ތުވާލިތަކުން ވަހެއް ދުވާނަމަ ވިނިގާ އަކީ ރަނގަޅު އެއްޗެކެވެ. ދޮވެ ނިންމާ ފެންލާއިރު އެއް ތަށި ހުދު ވިނެގަރ އަޅާށެވެ. މިއީ ތުވާލިތަކުގެ ވަސް ކަނޑުވާލާ އެއްޗެކެވެ.
