ﷲ އަހަރެމެން އިމްތިޙާނު ކުރައްވަނީ ކީއްވެގެން ހެއްޔެވެ؟

ﷲ ސުބުހާނަހޫ ވަތަޢާލާ އަހަރެމެން އިމްތިޙާނު ކުރައްވަނީ ކީއްވެގެންތޯއެވެ؟ ﷲ ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

"އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."  (ގުރުއާން 67:2)

ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިންސާނާ އިމްތިޙާނުތަކާއި އަބަދުވެސް ކުރިމަތިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން ލިބޭ އަދަބެއްގެ ގޮތުގައެވެ. އެމީހުން ގަބޫލުކުރަނީ ބަލިމަޑުކަމެއް ނުވަތަ މުއްސަނދިކަން ގެއްލިގެންދާ ފަދަ ދަތިތަކެއް ކުރިމަތިވެއްޖެނަމަ އޭގެ މާނައަކީ ކޮންމެވެސް ގޮތަކުން މާތްރަސްކަލާނގެ ނުރުހުންވެފައިވާ ކަމެވެ. ނަމަވެސް މިއީ އިސްލާމްދީނުގައި ޙަޤީޤަތެއް ނޫނެވެ.

އިސްލާމްދީނުގައި އަހަރެމެންގެ މިހާރުގެ ހާލަތާއި އަހަރެމެންނާމެދު ﷲގެ ނަޒަރިއްޔާތާ އެއްވެސް ގުޅުމެއް ނެތެވެ. މިސާލަކަށް ވަޒީފާ ގެއްލުނު ނަމަ އޭގެ މާނައަކީ ﷲ އަހަރެން ދެކެ ނުރުހުންވެ ވޮޑިގަންނަވާ ކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން އަހަރެންގެ ވަޒީފާއިން މުސާރަ ބޮޑުކޮށްފި ނަމަ އޭގެ މާނައަކީ ﷲ އަހަރެންނާމެދު އުފާވެވޮޑިގެންވާ ކަމަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި މާތް ﷲ އަޅުގަނޑުމެންނަށް މި ތަފާތު ހާލަތްތައް ހުށަހަޅުއްވަނީ އެ ހާލަތްތަކަށް އަޅުގަނޑުމެންގެ އަމަލު ކުރާ ގޮތް ބެއްލެވުމަށްޓަކައެވެ.

އިސްވެ ދެންނެވި ގުރުއާނުގެ އާޔަތުގައި ﷲ ތަޢާލާ އަންގަވާފައިވަނީ އިމްތިޙާނުތަކާއި އިމްތިޙާނަކީ ދިރިއުޅުމުގެ ބައެއް ކަމެވެ.  ކޮންމެ މީހަކުވެސް ވަކި މިންވަރަކަށް އިމްތިޙާނު ކުރެވިގެންދާނީ، އެމީހަކަށް ޙަޤީޤީ އީމާންކަން އޮންނަނީ ކިހިނެތްތޯ ބެއްލެވުމަށްޓަކައެވެ.  އެހެން ގޮތަކަށް ބުނާނަމަ، ރަނގަޅު ސަބަބަކާހުރެ ހެޔޮ ޢަމަލުތައް ކުރަނީ ކާކުކަން އަދި ހެޔޮ ޢަމަލުތައް ކުރަނީ ހަމައެކަނި ފަސޭހަ ވަގުތެއްގައި ކާކުކަން ބެއްލެވުމަށްޓަކައެވެ.

މީހެއްގެ ޙަޔާތުގައި އިމްތިޙާނެއް ދިމާވެދާނެ ޢާންމު ދެ ސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ الله ތިބާ އެއްޗަކުން އިމްތިޙާނު ކުރައްވައިގެން ތިބާ އިމްތިޙާނުން ކާމިޔާބުކަމާއެކު ރަނގަޅުވެ ހެޔޮ ވިސްނުމަކާއެކު ކުރިއަށް ދިއުމުގެ ފުރުޞަތު ދެއްވުމަށްޓަކައެވެ. އަދި އޭގެ ސަބަބުން ސުވަރުގެއިން ތިމާއަށް އިތުރު ދަރަޖަ ދެއްވާ މަތިކުރެއްވުމަށްޓަކައެވެ.

އިމްތިހާންތަކާއި ކުރިމަތިލާން ޖެހޭ ދެވަނަ ސަބަބަކީ، އިންސާނާ ގޯސް ކަމެއް ކޮށްފައި ހުރެދާނެތީއާއި، މާފުކޮށްދެއްވުމަށް އެދި ﷲ އަށް ނުއެދޭތީއެވެ. އާޚިރަތުގައި އޭނާއަށް  އަދަބު ދިނުމުގެ ބަދަލުގައި މާތް ﷲ އެމީހަކަށް މި ޙަޔާތުގައި ކޮންމެވެސް ކަމެއްގެ ތެރެއަށް ވައްދަވާނެ އެވެ. އެކަލާނގެ އިންސާނާ މި ޙަޔާތުގައި ވައްދަވާ ކޮންމެ އެއްޗަކީ އޭނާއަށް އާޚިރަތުގައި ކުރިމަތިވާނެ އެއްޗަކާ އެއްގޮތަކަށްވެސް އެއްގޮތް ކަމަކަށް ނުވާނެތީ، އެ އިމްތިޙާނަކީ ޙަޤީޤަތުގައި الله ގެ ރަޙްމަތުގެ ގޮތުގައި ލެއްވުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *