ކުޑަކުދިންނަށް ދިރިއުޅުމުގެ މަސައްކަތްތަކުން ސިކުނޑި ތަރައްޤީކުރުން

ދިރާސާ ތަކުން ދައްކާ ގޮތުގައި ކެއްކުން ނުވަތަ ބަގީޗާ ހެދުން ފަދަ ގޭތެރޭގެ މަސައްކަތްތައް ފަދަ ކަންކަމުގެ ތެރެއިން ކުޑަކުދިންނަށް ފައިދާހުރި ކަންކަން ދަސްވެއެވެ. ބެލެނިވެރިން އެކުދިންގެ އުމުރާއި ގާބިލްކަމާ ގުޅޭ މަސައްކަތްތައް ބޭނުންކޮށްގެން މަސައްކަތުގެ ތެރޭގައި ގެންގުޅެވިދާނެއެވެ. އަދި ކުދިންނަށް ކުރެވޭ ވަރުގެ މަސައްކަތް ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ އެކުދިންގެ ސިކުނޑި ތަރައްްޤީ ކުރުމަށް އެހީތެރިވެދޭށެވެ.

އުމުރުން 5 އަހަރާއި 13 އަހަރާ ދެމެދުގެ 207 ކުދިންގެ ބެލެނިވެރިންގެ މެދުގައި ކުރެވުނު ދިރާސާއަކުން ފާހަގަ ކުރެވުނު ގޮތުގައި އާއިލީ ކެއުމެއް ކައްކާ ނުވަތަ ގަވާއިދުން ބަގީޗާ ހައްދާ ކުދިން ދިރިއުޅުމުގެ އެހެން ކަންކަމުގައި މޮޅުވުމުގެ ފުރުސަތު ބޮޑެވެ. އަދި އެކުދިންގެ ސްކޫލް މަސައްކަތްތައް ނުވަތަ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން ފަދަ ކަންކަމުގައި މޮޅުކަން ފާހަގަ ކުރެވެއެވެ.

ދިރާސާތަކުން އިތުރަށް ދައްކާ ގޮތުގައި އަމިއްލައަށް ކެއްކުމާއި، ސާފުކުރުމާއި އަދި ދޮވެ އިސްތިރިކުރުން ފަދަ އަމިއްލަ ނަފްސަށް އަޅާލުމުގެ މަސައްކަތްތަކާއި، އެހެންމީހުންނާ ގުޅުން ހުރި މަސައްކަތްތަކުގައި ޝާމިލުކުރުމުން އެކުދިން ޒިންމާދާރުވުމަށް މަގުފައިވެއެވެ. މިސާލަކަށް އެހެން މީހަކު ކެއުމަށް ދައުވަތުދީ ކެއުންތައްޔާރުކުރުން ނުވަތަ މުޖުތަމަޢުގައި ހިނގާ ކޮންމެވެސް ކަމެއްގައި ބައިވެރިކުރުން ފަދަ ކަންކަމުގައި ބައިވެރިވުމުން، އެކުދިންގެ ވިސްނުމުގެ ޤާބިލުކަން އިތުރުވާކަމަށްވެސް ފާހަގަކުރެވެއެވެ.

މިކަންކަން ކުދިންނަށް ދަސްކޮށްދެން ޖެހެނީ އުމުރާއި ޖިންސާއި ނުކުޅެދުންތެރިކަމެއް ހުރުމާއި ނުވަތަ ނެތުމުގެ ނުފޫޒަށް ބެލުމަށްފަހުގައެވެ. މީގެ ކުރިން ކުރެވުނު ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އުމުރާ ގުޅޭ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމަކީ އަޚުލާގާއި ސުލޫކު ރަނގަޅުވެ ދިރިއުޅުމުގައި ހިތްހަމަޖެހުންމާއި އުފާވެރިކަން އިތުރުވުމާވެސް ގުޅުން ހުރި ކަމެކެވެ. މީގެ އިތުރުން ހަނދާން ގަދަވުމާއި، މަސައްކަތަށް ސަމާލުކަން ދެވުން އިތުރުވުމާއި މައުލޫމާތު ހޯދާ އާ ކަންކަން ކުރަން ފަސޭހަވުމާއި ޓާސްކްތައް ނިންމަން ދަސްވެއެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *