ތަދުކަނޑުވާ ބޭހުން އަސަރު ކުރާވަރު އަންހެނުންނަށް ކުޑަ.

ބައެއް ތަދުކަނޑުވާ  ބޭސްތަކުގެ އަސަރު އަންހެނުންނަށް ކުޑަވަނީ ކީއްވެގެން ހެއްޔެވެ؟ ފިރިހެނުންނާއި  އަންހެނުންގެ  ހަށިގަނޑު އުފެދުމުގައި އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ތަފާތުވެފައި ވެއެވެ. ހޯރމޯންގެ މިންވަރުން ފެށިގެން ކުދިކުދި ސެލްތައް އުފެދުމާއި ހަމައަށްވެސް މި ތަފާތު ހުރެއެވެ. އެމީހުންނަށް އެއް މިންވަރަކަށް ރިހުން އިހުސާސް ކުރެވުނު ނަމަވެސް ދެވޭ ފަރުވާއަކުން ދެޖިންސަށްވެސް ފައިދާ ތަފާތުވެދާނެއެވެ.

އެގޮތުން ބަލިތައް ޖެހުމުގައިވެސް އަންހެނުންނާއި ފިރިހެނުންނަށް ތަފާތު ގެނުވައެވެ. ފިރިހެނުންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހޭގޮތްވެސް ތަފާތެވެ. އަދި ދިރާސާތަކުން ދައްކާގޮތުން އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހޭ މިންވަރުވެސް އިތުރެވެ.

އެގޮތުން ތަދު ކަނޑުވުމަށް ބޭނުންކުރާ ބޭސްތަކަށް ފިރިހެނުންނާއި އަންހެނުން ތަފާތު ގޮތަކަށް ރައްދުދޭތޯ ދިރާސާކުރާ ފަރާތްތަކުން ދިރާސާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިސާލަކަށް 1996 ވަނަ އަހަރު ޓްރަސްޓްޑް ސޯސް އިން ކުރި ވަރަށް ކުޑަ ދިރާސާއަކުން ދައްކާ ގޮތުގައި އޮޕަރޭޝަނަށްފަހު ތަދުވާ ގޮތަށް އޮޕިއޭޓް ބޭސް ޕެންޓަޒޯސިން ދިނުމަށް ފަހު ފިރިހެނުންނަށް ވުރެ އަންހެނުން ގިނައިން ރައްދު ދިނެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އިބޫޕްރޮފެން އިން އަންހެނުންނަށް ވުރެ ފިރިހެނުންގެ ރިހުން ކުޑަކޮށްދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *