އިނގިރޭސި ޖާނަލް އޮފް ސައިކޮލޮޖީގައި ޝާއިއުކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި އުފެއްދުންތެރިކަން އިތުރުކުރަން ބޭނުންނަމަ ފުރިހަމަކަމަށް ވުރެ މޮޅުކަމަށް އަމާޒު ހިފުން ރަނގަޅެވެ. ދެ ދިރާސާއެއްގެ ތެރެއިން، ފުރިހަމަކަން ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ދަރިވަރުންނަށް ވުރެ، އުފެއްދުންތެރި މަސައްކަތުގައި މޮޅު ނަތީޖާއެއް ނެރެމުން ދިޔަ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
ޕާފެކްޝަނިސްޓުންނަކީ ކުށެއްނެތް ގޮތަކަށް މަސައްކަތްކުރާ، އަމިއްލައަށް ވަރަށް މަތީ މިންގަނޑުތަކެއް ކަނޑައަޅައި، އަމިއްލަ ސުލޫކަށް ވަރަށް ބޮޑަށް ފާޑުކިޔާ ބައެކެވެ. ޕާފެކްޝަނިޒަމް އަކީ ގިނަ ދިރާސާތަކެއް ކުރެވިފައިވާ ކަމެއް ނަމަވެސް، އެ ކޮންސެޕްޓް އުފެއްދުންތެރި ވިސްނުމާ ގުޅިފައިވަނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. އުފެއްދުންތެރިކަމަށް މަސައްކަތްކުރަން ފަސޭހަވުމާއި ކަންކަމުގައި އިޚްތިޔާރުތަކެއް ހުޅުވާލެވިފައި އޮންނަން ޖެހޭތީ ޕަރފެކްޝަނިސްޓުންނަކީ އުފެއްދުންތެރި ބަޔަކަށް ނުވެވިދާނެއެވެ. އެކަމަކު އުފެއްދުންތެރި ކަންކަމުގައި ކެތްތެރިކަމާއި ފުރިހަމަކަމަށް ގޮވާލާތީ ޕާފެކްޝަނިސްޓުން ވެސް އުފެއްދުންތެރިކަމުގެ ގޮތުން މަތީ ދަރަޖައަކަށް ވާނެ ކަމަށް އުންމީދު ކުރެވިދާނެ އެވެ.
އެކްސެލެންސިޒަމް އާއި ޕާފެކްޝަނިޒަމްގެ ކޮންސެޕްޓްތަކަކީ ގުޅުންހުރި ކޮންސެޕްޓްތަކެއް ނަމަވެސް، އެ ކޮންސެޕްޓްތަކުގެ ލަނޑުދަނޑިތަކުގައި ވަރަށް މަތީ މިންގަނޑުތަކެއް ހާސިލް ކުރުން ހިމެނޭއިރު، އެކްސެލެންސިޒަމް އަކީ ފްލެކްސިބަލް އެއްޗަކަށް ވާއިރު، ޕާފެކްޝަނިޒަމަކީ ވަކިގޮތަކަށް މަސައްކަތްކުރަންޖެހޭ ހަރުކަށި އެއްޗެކެވެ. ޕަރފެކްޝަނިޒަމް އަކީ މޮޅުކަމަށް މަސައްކަތް ކުރުމުންވެސް މާ ދުރަށް ގޮސް، އުނިކަމެއް ނެތް ގޮތަކަށް ކަންތައް ކުރުމަށް އަމާޒު ހިފާފައިވާ ކަމެކެވެ.
ތަފާތު ދެ ދިރާސާއެއްގައި ދިރާސާވެރިން ވަނީ އުފެއްދުންތެރިކަމުގެ ތަފާތު ކަންކަމާ އެކްސެލެންސިޒަމް އާއި ޕާފެކްޝަނިޒަމް ގުޅުން ހުރި ގޮތް ހޯދާފައެވެ. ފުރަތަމަ ދިރާސާއެއްގައި ކެނެޑާގެ ޔުނިވާސިޓީއަކުން 280 ދަރިވަރުން ސުވާލު ފޮތްތަކަށް ޖަވާބު ދިނުމަށްފަހު، އުފެއްދުންތެރިކަމުގެ މިންގަނޑެއް ކަމަށްވާ ޑައިވަރޖެންޓް ވިސްނުން މިންކުރުމުގެ އުފެއްދުންތެރި ކަމުގެ ބައެއް ފުރިހަމަ ކުރިއެވެ. މި މަސައްކަތުގައި ދަރިވަރުންނަށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި ބޭނުންކުރުމަށް އުފެއްދުންތެރި ގޮތްތަކެއް ހޯދަން ޖެހުނުއިރު، މިއީ އަތުގައި އޮތް މައްސަލައަކަށް އެތައް ހައްލެއް ހޯދައިދެވޭނެ ކަމުގެ އިމްތިހާނެކެވެ.
ނަތީޖާއިން އެނގުނު ގޮތުގައި ދަރިވަރުންނަށް އެކަޑަމިކް އެކްސެލެންސިޒަމްގައި ނަތީޖާ މަތިވުމެވެ. މިއާ ޚިލާފަށް، އެކަޑަމިކް ޕާފެކްޝަނިޒަމްގައި ދަރިވަރުންނަށް އަމާޒަކީ ފުރިހަމަ ޕާފޯމަންސް ހޯދުމެވެ. އެމީހުން ޖުމްލަ ޖަވާބުތައް މަދުކޮށް، އަސްލު މަދު ޖަވާބުތަކެއް ދިނެވެ.
މަތީ އަދި އަމިއްލައަށް މާނަހުރި ލަނޑުދަނޑިތަކަށް އަމާޒު ހިފުމަކީ އުފެއްދުންތެރިކަމުގެ މަރުހަލާގެ މުހިންމު ބައެކެވެ. ނަމަވެސް ފުރިހަމަވުމަށްޓަކައި ފުރުޞަތުތައް ހޯދުމާއި އަމިއްލަ ނަފްސު ހާމަކުރުމަށް ކުޑަ ޖާގައެއް ދޫކޮށްލާ ލަނޑުދަނޑިތައް ހަރުކަށިކަމާއެކު ކުރިއަށް ދިއުމަށް ދަތިވެއެވެ.
ޕާފެކްޝަނިޒަމްގެ ސަބަބުން އުފެއްދުންތެރިކަމަށް ހުރަސްއެޅިދާނެ ބައެއް ސަބަބުތައް ދިރާސާވެރިން ފާހަގަކުރެއެވެ. އެއް ކަމަކީ، ފުރިހަމަ ކަންކަމަށް ލޯބިކުރާ މީހުން އަވަސް އަދި ފުރިހަމަ ހައްލުތަކެއް ހޯދުމަށް މާބޮޑަށް ބާރުއަޅައި، އާންމު ސްޓްރެޓެޖީތަކަށް ފޯކަސްކޮށް، އާ އަދި ޔަގީންކަން ނެތް ސްޓްރެޓެޖީތަކުން ދުރުހެލިވުމަށް މަގުފަހިވެދާނެ އެވެ. ދެވަނަ ކަމަކީ، އެމީހުންގެ ޕާފޯމަންސަށް ނާޖާއިޒު ގޮތުގައި ތަޙުލީލުކޮށް ފާޑުކިޔުންތެރިވުމަކީ، ފުރިހަމަ ކަންކަމަށް ލޯބިކުރާ މީހުން އުފެއްދުންތެރި ފްލޯއެއް ޙާޞިލުކުރުމަށް ފަހަތަށް ޖެހިދާނެ ކަމެކެވެ. ހަމައެފަދައިން، އެމީހުންގެ އަމަލުތަކާމެދު މާބޮޑަށް ޝައްކުކުރުމަކީ، އެމީހުންގެ ގާބިލުކަމަށް ހުރަސްއެޅިދާނެ ކަމެކެވެ.
އެހެންކަމުން މޮޅުކަމުގެ މައްޗަށް ފުރިހަމަކަމަށް މަސައްކަތް ކުރުމަކީ ތަޖުރިބާ ކުރުމާއި، އަމިއްލައަށް ކަންކަން ކުރުމާއި، ހުޅުވާލެވިފައިވާ ކަންކަން ހަނިވުން އެކަށީގެންވާ ކަމެކެވެ.
