އިސްލާމީ އަންހެން ޝަޚްޞިއްޔަތު – ނާޒޯ ޓޮޚީ

ނާޒޯ ޓޮޚީ  ނުވަތަ ނާޒޯ އަނާއަކީ އަފްޣާނިސްތާނުގެ ޅެންވެރިއެއްގެ އިތުރުން ޕަޝްޓޯ ބަހުގެ ލިޔުންތެރިއެކެވެ. 18 ވަނަ ގަރުނުގެ ކުރީކޮޅުގެ މަޝްހޫރު އަފްޣާނިސްތާނުގެ ރަސްގެފާނު މިރްވައިސް ހޮޓާކްގެ އަރިހުގައި އެކަމަނާ ބޮޑުފުޅުވީ ކަންދަހާރު ސަރަހައްދުގެ ނުފޫޒުގަދަ އާއިލާއެއްގެ ތެރޭގައެވެ. އަފްޣާނިސްތާނުގެ ތާރީޚުގައި ހިތްވަރުގަދަ އަންހެން ހަނގުރާމަވެރިއެއްގެ ގޮތުގައި އަދި "އަފްޣާނިސްތާނުގެ ގައުމުގެ މަންމަ"ގެ ގޮތުގައި އެކަމަނާ މަޝްހޫރުވެފައިވެއެވެ.

އަފްޣާނިސްތާނުގެ ކަންދަހާރު ޕްރޮވިންސްގެ ތާޒީ ކައިރީގައި އޮންނަ އަވަށަކަށް ނާޒޯ ޓޮޚީ އުފަންވެވަޑައިގަތީ 1651 ވަނަ އަހަރު ނުވަތަ ގާތްގަނޑަކަށް 1651 ވަނަ އަހަރު އެވެ. އެކަމަނާގެ ބައްޕާފުޅު، މަލާޚް ޓޮޚީއަކީ އެ ޤަބީލާގެ ނުވަތަ އެ ސަރަޙައްދުގެ ގަވަރުނަރެވެ. އެކަމަނާ ކައިވެނި ކުރެއްވީ ކަރަމް ޚާންގެ ދަރިކަލުން ސަލީމް ޚާން ހޮތާކް އާއެވެ. ހޮޓާކް ދަރިކޮޅުގެ މަޝްހޫރު އަފްޣާނިސްތާނުގެ ވެރިޔާ މިރްވައިސް ހުތަކް އަކީ އެކަމަނާގެ ދަރިކަލުން ކަމަށާއި، މަޙްމޫދު ހުތަކް އާއި ހުސައިން ހުތަކް އަކީ އެކަމަނާގެ މާމަދަރިންނެވެ.

ނާޒޯ އަނާ ވެގެން ދިޔައީ ޢިލްމުވެރި، ޅެންވެރި، އަދި އަދަބު އަޚްލާގު ރަނގަޅު މޮޅު ޝަޚްޞިއްޔަތަކަށެވެ. މީހުންނަށް އޭނާ އެނގެނީ އޭނާގެ އޯގާތެރިކަމާއި، އެހީތެރިކަމާއި އަދި މީހުންނަށް އަޅާލާ ޠަބީޢަތުންނެވެ. ނާޒޯގެ ބައްޕަ ވަނީ އޭނާގެ ތަޢުލީމާއި ތަރުބިއްޔަތަށް ވަރަށް ބޮޑަށް ސަމާލުކަންދެއްވާފައެވެ. އަދި ކަންދަހާރުގެ ޢިލްމުވެރިން އޭނާއަށް ފުރިހަމައަށް ތަޢުލީމު ދިނުމަށް ބާރުއަޅުއްވާފައެވެ. އެކަމަނާގެ ޅެންވެރިކަމުގެ ތެރެއިން އިޙްތިރާމް ހޯއްދެވިއެވެ. ޕަޝްޠޫންވާލީ ނުވަތަ އެސަރަހައްދުގެ ސަގާފަތަށް އެކަމަނާ ފުރިހަމައަށް އިހުތިރާމްކޮށް އަމަލުކުރެއްވުމުގެ ސަބަބުން މީހުންގެ ތާއީދު ލިބިވަޑައިގެންނެވީ "އަފްޣާންގެ މަންމަ"ގެ ގޮތުގައެވެ.  ޕަޝްތުންވާލީގެ ޕަޝްތޫން ޤަބީލާތަކުގެ ގައުމުގެ ވެރިކަމުގެ ތެރެއަށް ވަންނަން ޤާނޫނަކަށް ހެދުމަށް ނާޒޯ ގޮވާލެއްވިއެވެ. ބޭރުގެ ވެރިންނާ ދެކޮޅަށް އިއްތިހާދު ކުރުމަށް ހިތްވަރު ދިނުމަށްޓަކައި ޣިލްޖީ އާއި ސަޑޯޒައީ ޤަބީލާތަކުގެ މެދުގައި އުފެދޭ ކޯޅުންތައް ހުއްޓުވާ އެކަތިގަނޑަކަށްވުމަށް މަސައްކަތް ކުރެއްވިއެވެ. އަފްޣާނިސްތާނުގެ ސަގާފަތަށް އެކަމަނާގެ ޅެންވެރި ޙިއްޞާތަކަކީ މިއަދުވެސް ވަރަށް ބޮޑު އިޙްތިރާމެއް ދެވިފައިވާ ކަމެކެވެ.

އެކަމަނާގެ ބައްޕަ ސޫރް ފަރުބަދަ ކައިރީގައި ކުރެވުނު ހަނގުރާމައެއްގައި ޝަހީދުވުމުން ނާޒޯގެ ބޭބެ އެ މަރުގެ ބަދަލު ހިފުމަށް ހަނގުރާމައަށް ނިކުތެވެ. އޭރު ގެއާއި ކިއްލާ ބެލެހެއްޓުމަށް ނާޒޯއަށް ދޫކޮށްލިއެވެ. އެކަމަނާ ހަތިޔާރު އަޅުއްވައިގެން ފިރިހެނުންނާއެކު ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރައްވާ ކިއްލާ ދިފާއު ކުރެއްވިއެވެ.

ނާޒޯ އަނާ އަވަހާރަވީ 1717 ވަނަ އަހަރު ގާތްގަނޑަކަށް އުމުރުން 66 އަހަރުގައި އޭނާގެ ދަރިފުޅު މިރްވައިސް އަވަހާރަވިތާ ދެ އަހަރު ފަހުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *