މިލްކް ކޭކު

ބޭނުންވާ ތަކެތި:

1 ވެނީލާ ކޭކު މިކްސް

2/3 ޖޯޑު އިވެޕަރޭޓަޑް ކިރު

2/3 ޖޯޑު ފުލްކްރީމް ކިރު

3 ބިސް

½ ޖޯޑު ތެޔޮ

1 ޖޯޑު ފެން

2/3 ޖޯޑު ގެރިކިރު

1 ސައިސަމުސާ ވެނީލާ އެސެންސް

1 ވިޕްޑް ކްރީމް ސްޕްރޭފުޅި

 

 ހަދާނެ ގޮތް:

ވެނީލާ ކޭކު މިކްސްއާއި، ބިހާއި، ފެނާއި، ތެޔޮ ބޮޑު ބޯތަށްޓަކަށް އަޅާފައި ގިރާށެވެ. ތަބަކުގެ ތެރެއަށް މިކްސަރުން ގިރި ސާމާނު އޮއްސާލާށެވެ. 180 ޑިގްރީސް ސެލްސިއަސްގައި 45 މިނިޓުވަންދެން ފިހާށެވެ . ކޭކު ފިހެވުނީމާ ތަބައް އަވަނުން ނަގާފައި ކޭކު ތަބަކުން ނުނަގާ ހިހޫކުރަން ބަހައްޓާށެވެ. ކޭކު އެއްކޮށް ހިހޫވީމާ އުލެއް ބޭނުން ކޮށްގެން ކޭކުގެ މަތީގައި ލޯވަޅުތަކެއް އަޅާށެވެ. ގެރިކިރާއި، އިވެޕަރޭޓަޑް ކިރާއި ފުލްކްރީމް ކިރާއި ވެނީލާ އެސެންސް ބޯތަށްޓަކަށް އަޅާ ރަނގަޅަށް އެއްކޮށްލާފައި ލޯވަޅު އެޅި ކޭކުގެ މައްޗަށް އަޅާށެވެ. ދެން ފްރިޖަށް ލާށެވެ. ކޭކުގެ މަތީގައި ވިޕްޑް ކްރީމް ފަތުރާލާށެވެ. ބޭނުންވާ މޭވާއެއް ނުވަތަ ބަދަނެއް ކޮށާލާފައި ކޭކުގެ މަތީގައި އަތުރާލެވިދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *