ހުދު
ހުރިހާ ގޮތަކުން ވެސް އެންމެ ޚިޔާލުތަފާތުވުން އުފެދޭ ހުދު ކުލައިގެ ބެޑް ޝީޓަކީ ޖީލުތަކެއް ވަންދެން ޚަޒާނާއެއްގެ ގޮތުގައި ކަމުދާ އެއްޗެކެވެ.
ހުދު ކުލައިގެ ބެޑް ޝީޓްތައް ސާފު ގޮތަކަށް ފެންނަ ނަމަވެސް، ނިދާކޮޓަރީގައި ޒަމާނީ ރީތިކަމެއް ހޯދުމަށް އަމާޒު ހިފާފައިވާނަމަ، މި މަގުބޫލު ޗޮއިސް އަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް ހުދުކުލައިގެ ބައެއް ޝޭޑްތަކަކީ އެތަކެތީގެ ރީތިކަމުން ވެސް ގެއްލުން ހުރި އެއްޗެހިތަކެކެވެ. ސެޓްފިކެޓް ލިބިފައިވާ ސްލީޕް ސައިންސް ކޯޗު އަދި ސްލީޕިން އޯޝަންގެ ފައުންޑަރ އެލެކްސް ސޭވީ އިންޒާރު ދެއްވަނީ 'އައިވަރީ ވައިޓް ނުވަތަ ބްރައިޓް ވައިޓްގެ ބެޑްޝީޓުން އިން ދުވާލު އަލިކަންފަދަ އަލިކަމެއް ކޮޓަރިން ފެންނާތީ އޭގެ ސަބަބުން ނިދުމަށް އަސަރު ފޯރާފާނެތީ އެވެ.
ހުދުކުލައިގެ ބެޑްޝީޓާއިއެކު އެނދު އެހާ ރަނގަޅުނުވަނީ ގަދަ ހުދުކުލައިގެ ފޮތިގަނޑުތަކުން ސިކުނޑީގެ ހަރަކާތްތައް އިތުރުވާތީވެއެވެ. އެއީ ދުވާލު އަލިކަމާ ގުޅުވައިގެން ސިކުނޑީގައި އުފެދޭ ނިދީގެ ހޯރމޯނެއް ކަމަށްވާ މެލަޓޮނިންގެ މިންވަރު ދަށްވެދާނެ ކަމަކަށްވާތީއެވެ.
މަޑުނޫ
މަޑުނޫކުލައަށް ތައުރީފު ކުރެވޭ މީހުން ގިނައެވެ. އުޑުގެ ސިފަތަކުގެ ސަބަބުން ހިތްގައިމުކަމެއް ގެނައިނަމަވެސް ނިދާކޮޓަރީގައި ހުންނަ މި ގުދުރަތީ ކުލައާ ދެކޮޅަށް ތަޖުރިބާކާރުން އިލްތިމާސް ކުރެއެވެ. ފަނޑު ނޫ ކުލައަކީ ވެސް ހަމަ އެފަދައިން ސިކުނޑިއަށް ހަރަކާތްގެނެސްދޭ ކުލައެއް ކަމަށް ތަޖުރިބާކާރުން ވިސްނައިދެއެވެ. މަޑުނޫކުލައަކީ ފިނި އަދި އަލި ކުލައެއް ކަމުން ދުވާލު އަލިކަމުގެ އަސަރުތައް ސިކުނޑިއަށް ވިސްނައިދެއެވެ. އޭގެ ބަދަލުގައި ގަދަނޫކުލަޔާއި އާއި ކަނޑުނޫކުލައިގެ ބެޑްޝީޓް ޚިޔާރުކުރުން ރަނގަޅެވެ.
ރަތް
ނިދާކޮޓަރީގެ ކުލަ ޚިޔާލުތައް ނިންމާއިރު، ރަތްކުލައަކީ ޖާގައަށް އެކަށީގެންވާ ކުލައެއް ނޫނެެވެ. ނަމަވެސް ނިދުމުގެ މާހިރެއްކަމަށްވާ ސީއީއޯ މާޓިން ސީލީ ވިދާޅުވާ ގޮތުގައި 'ލޯބީގެ ކުލަ' ނިދާ ގަޑިއަށް މާ ބާރުގަދަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރަތް ކުލައަކީ އެހާ ވަރުގަދަ ކުލައެއް ހުންނަ އެއްޗެއް ކަމުން ރުޅިވެރިކަން ފަދަ އިހުސާސް އުފެދޭލެއް އަވަސްވެފައި އެއީ ނިދި އަންނައިރު ބޭނުންވާ ގޮތާ އިދިކޮޅު ކަމެކެވެ.
އޭގެ ބަދަލުގައި ނިދަން އުޅޭއިރު ބޭނުންވަނީ ހަމަޖެހުމުގެ އިހުސާސްތަކާއި ހިތުގެ ދުވެލި މަޑުވަމުން ދިއުމަށެވެ. ރަތް، ރީނދޫ، އޮރެންޖް ފަދަ ގަދަ ކުލަތަކުން ސިކުނޑިއަށް އިރުގެ އަލިކަން ހަނދާންކޮށްދޭނެ ކަމަށެވެ. ގުދުރަތީ ގޮތުން މިކަމުގެ ސަބަބުން މެލަޓޮނިން އުފެއްދުން މަދުވެ، ނިދި އައުން ލަސްވުން ނުވަތަ އެއާ ގުޅުން ހުރި އެހެން މައްސަލަތައް ކުރިމަތިވެދާނެއެވެ.
މުށިކުލަ
ނިއުޓްރަލް ބްރައުން ނުވަތަ ޕީޗް ކުލައަކުން ރޭގަނޑު ނިދުމަށް ހަމަޖެހުމުގެ އިހުސާސެއް ކުރުމަށް ހިތްވަރު ލިބޭއިރު، ގަދަމުށިކުލަ ރަނގަޅެއް ނޫނެވެ. ތަޖުރިބާކާރު ވިދާޅުވި ގޮތުގައި މުށިކުލައިގެ ބެޑް ޝީޓް އެޅުމުން ކޮޓަރިން ނިކުންނައިރު ފިނިކަމާއި ޑިޕްރެޝަންގެ އިހުސާސް ކުރެވި، ރޭގަނޑު ނިދުމަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ.
ކަޅު
ކަޅު ކުލައަކީ އަނދިރިކުލައަކަސް ވުމާއެކު އިރު އަރައިގެން ދިއުމުން ވެސް ރޭގަނޑު އަސަރުތައް ދެމިގެންދެއެވެ. މި އަނދިރި ކުލައަކީ ވެސް މީހަކަށް 'ހެނދުނެއްގައި އެނދުން ތެދުވަން ޝައުގުވެރިވުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންވީމާ، އެއީ ހެނދުނު ހޭލަން އުނދަގޫ މީހެއްނަމަ ކަޅުކުލަ ބޭނުންކުރުމުގައި ސަމާލުވާށެވެ.
ގުދުރަތީ ގޮތުން، އެ ހުރިހާ ކުލައެއްގެ ތެރެއިން އެންމެ އަނދިރި ކުލައަކީ ކަޅުކަމަށްވެފައި ރޭގަނޑުގެ ވަގުތު ހަނދާންކޮށްދިން ނަމަވެސް ނިދިންހޭލައި ތެދުވުމުގެ ހިތްވަރަށް ބަދަލުއައުން އެކަށީގެންވެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ނަފްސާނީ ޢިލްމުގައިވާ ގޮތުން ކަޅު ކުލައިން އުފެދޭ ނޭދެވޭ އިޙްސާސްތައް ކަމަށްވާ ހިތާމަތަކާއި ރުޅިވެރިކަމާއި ބިރުވެރިކަންވެސް އުފެދެއެވެ.
