ކުޑަކުދިން ފެންކުޅެން އާދަކުރުން

ކުޑަކުދިން ފެނާއި ކުޅުމަކީ ހަމައެކަނި މަޖާކޮށްލަން ކުރާ ކަމެއް ނޫނެވެ. ފެނާއި ކުޅުމަކީ ކުޑަކުދިންގެ ހެދިބޮޑުވުމުގެ ތަރައްގީއަށް އެތައް އަޖައިބު ކުރުވަނިވި ފައިދާތަކެއް ލިބޭކަމެކެވެ.

ފެން ކުޅިވަރަކީ ކުދިންގެ އަތާއި ލޮލުގެ ކޯޑިނޭޝަން ތަރައްގީ ކުރުމަށް ކުރެވޭ ވަރަށް މުހިއްމު ހަރަކާތެކެވެ.

ފެނަކީ ވޮލިއުމް އާއި ބަރުދަން ފަދަ ހިސާބާއި ސައިންޓިފިކް ކޮންސެޕްޓްތައް ދައްކުވައިދިނުމަށްވެސް ރަނގަޅު ކުޅިވަރެކެވެ. މި ބާލިދީއަށް ކިހާ ފެން ވަދެވޭނެ ކަމަށް ހީކުރައްވަނީ ހެއްޔެވެ؟ އަޅުގަނޑުމެންނަށް އެކަން މިންކުރެވޭނެ ހެއްޔެވެ؟ އަޅުގަނޑުމެން މި ބަރު އެއްޗެއް ބާލިދީއަށް ވައްޓާލައިފިނަމަ ވާނީ ކިހިނެއް؟ މިއީ ކުދިން ވިސްނާނެ ކަންކަމެވެ.

އާރލީ ޗައިލްޑްހޫޑް ނިއުސް އިން ބުނާ ގޮތުގައި ފެނުގައި ކުޅޭ ތަކެތި ބޭނުންކުރާއިރު، އެމީހުންގެ ސައިންސާއި މައްސަލަ ހައްލުކުރުމުގެ ހުނަރު ދަސްކުރެއެވެ. ކަންކަން ދިމާވާ ސަބަބާއި އޭގެ ސަބަބުން ވާނީ ކިހިނެއްކަން ވިސްނައެވެ. މިސާލަކަށް އެއްޗެއް ފެނަށް އަޑިއަށް ގޮސް އަނެއް އެއްޗެއް އޮޔާދާކަން ކުޑަކުއްޖަކަށް ފާހަގަ ކުރެވި، އެކަމުގެ ސަބަބުން ވާގޮތް ބަލާލުމަށްޓަކައި ފެނަށް އިތުރު އެއްޗެއް އެޅުމަށް ބާރުއަޅައެވެ. އެމީހުން އަޑިއަށް ގޮސް މައްޗަށްއަރަނީ ކޮން އެއްޗެއްތޯ ވިސްނާއިރު ކުޑަކުއްޖަކަށް ވަރަށް އަވަހަށް ދަސްވެގެންދަނީ ކިތަންމެ ބޮޑު ނުވަތަ ކުޑަ އެއްޗެއް ކަމުގައި ވިޔަސް، ލުއި ފެން މައްޗަށް އަރާކަމެވެ. ކުއްޖާ މިކަންކަމާއި ދޭތެރޭ ވިސްނާނެއެވެ. އަދި ސުވާލުވެސް ކުރާނެއެވެ. މިއީ ސިކުނޑި ދުޅަހެޔޮވުމަށް މުހިއްމު ކަމެކެވެ. އަދި ފެން ކުޅިވަރު ބޭނުންކޮށްގެން ކުޑަކުދިންގެ ލިޔަންކިޔަން ދަސްކުރުމާއި ޢަދަދުކުރުމުގެ ގާބިލުކަން ތަރައްގީވެސް ކުރެއެވެ. ބާލިދީއެއް ފުރުމަށް ކިތައް ޖޯޑު ފެން ނަގާނެކަން ގުނާވެސް ފާނެއެވެ. ނުވަތަ ފެނާއި ބުރުހެއް ބޭނުންކޮށްގެން ލިޔެ ކުރަހާ ފަދަ ކަންކަން ކޮށްފާނެއެވެ.

ފެނުގައި ކުޅުމަކީ ވިސްނުން އިތުރުކުރުމާއި ސަމާލުކަން ދިނުން އިތުރުކޮށްދޭ ކަމެކެވެ. ދުވަހަކުވެސް ދަރިފުޅު މުޅިން އާ ތަޖުރިބާއެއްގެ ތެރެއަށް ޣަރަޤުވެފައިވާތަން ދުށިންހެއްޔެވެ؟. ކުދިން ފެނުގެ ކުޅިވަރުގައި އުޅޭއިރު، އެ ހަރަކާތުގައި އަމިއްލައަށް ގެއްލި، އާކަންކަން ހޯދާ ކުޅެން ގިނަ ވަގުތު ހޭދަކުރެއެވެ. މިއީ ކުދިންނަށް ފޯކަސް ކުރުމަށް ހިތްވަރު ލިބިދާނެ ކަމެއް ކަމަށާއި، ދިގު މުއްދަތަކަށް ކުއްޖާގެ ސަމާލުކަން ހިފަހައްޓަންޖެހޭ ކޮންމެ ހަރަކާތަކުން ފޯކަސް އިތުރުކޮށް އުމުރުން ދުވަސްވުމުން ކޮންސެންޓްރޭޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. މިއީ ރަސްމީ އުނގެނުމަށް ލިބޭ ޚާއްސަ ފައިދާއެކެވެ. ދަރިފުޅު ސްކޫލް ފެށުމަށް ތައްޔާރުވަމުންދާއިރު، ކްލާހެއްގައި ކޮންސެންޓްރޭޓް ކުރެވޭނެ ގޮތް ހެދުމަކީ މުހިންމު ހުނަރަކަށް ވެގެންދާނެ އެވެ.

ފެނުގައި ކުޅުމަކީ އެކަނިވެރި ހަރަކާތަކަށް ވެދާނެ ނަމަވެސް ކުދިންނަށް ވަކިން ޚާއްޞަކޮށް ގްރޫޕެއްގެ ގޮތުގައި ބައިވެރިވުމަކީ ފޯރިގަދަ ކަމެކެވެ. ފެނުގެ ކުޅިވަރު ގްރޫޕް ހަރަކާތަކަށް ވެގެންދާއިރު، އެއީ ކުދިން އިޖުތިމާއީ އަދި އެއްބާރުލުން ދޭ ކުޅިވަރުގައި ބައިވެރިވުމަށް ހިތްވަރު ލިބޭ ކަމެކެވެ. މިސާލަކަށް ކުޑަކުދިން ބޮޑު ތެއްޔަކަށް ފެން ޕަމްޕުން ފެން އެޅުމާއި ނުވަތަ ވެލިގަނޑުގައި ފެނާއި ވެލިބޭނުންކޮށްގެން އެއްޗެއް ހަދައި، ނުވަތަ ފެނަށް ފުންމާލައިގެން އެންމެ ގިނައިން ފެން ބޭރު ކުރަނީ ކާކުތޯވެސް ބަލާފާނެއެވެ.  މި ކުޅިވަރުގެ ތަޖުރިބާތަކުގައި ކޮންމެ ކުއްޖަކުވެސް އަދާކުރަންޖެހޭ ދައުރެއް އޮވެ، އެންމެ ފަހުގެ މަޤްޞަދަށް ވާސިލްވެއެވެ.

އެހެންކަމުން ފެންކުޅިވަރަކީ ކުއްޖާގެ ސިކުނޑިތަރައްގީކޮށް މުޖުތަމަޢުގައި އުޅެން ދަސްވެ ކުއްޖާއަށް އެތައް ފައިދާތަކެއް ލިބިދޭ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *