އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް ވެލެންސިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ގެ ޗެމްޕިއަނކަން ކްލަބް ވެލެންސިއާ ހޯދައިފި އެވެ. ވެލެންސިއާ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފައެވެ. ފައިނަލް މެޗް ވެލެންސިއާ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ވެލެންސިއާގެ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އަގްސަން އަހުމަދު ނަސީމް އާއި އައިހަމްއެވެ. ޔޫވީގެ ހަމަ އެކަނި ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު ރަޒާން އެވެ.
ދެވަނަ ހާފްގައި ވެލެންސިއާގެ އަގްސަން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން މެޗްގެ ބާކީ ބައި ވެލެންސިއާއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފައިނަލް މެޗްގައި ވެލެންސިއާގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިން އައިހަމް އެވެ.
ޔޫތު ޗެމްޕިއަންޝިޕް އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެލެންސިއާގެ އަގްސަން އެވެ. އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.
