ބޭނުންވާ ތަކެތި:
15 ގްރާމް ހަލުވިދާ (އަގަރްއަގަރް ކޮށާފައި)
6 ޖޯޑު ފެން (ހަލުވިދާ ކައްކަން)
2 ދަޅު ގެރިކިރު
¾ ޖޯޑު ރޯޒް ސިރަޕް
ހަދާނެ ގޮތް:
ކޮށާފައިވާ ހަލުވިދާ ހަދަންބޭނުންކުރާ އަގަރްއަގަރް ފެން ތައްޓަކަށް އަޅާފައި ފޯކުރަން ބަހައްޓާށެވެ. އެއް ޖޯޑުފެން ރަނގަޅުވާނެއެވެ. ތެއްޔަކަށް 5 ޖޯޑު ފެން އަޅާފައި ބޮކި ޖަހާ ކެކި ގަންނަންދެން ކައްކާށެވެ. ފެންގަނޑު ކެކިގަތީމައި އަގަރް އަގަރްތައް ފެނުން ފުރާނާލާފައި ތެއްޔަށް އަޅާށެވެ. އަގަރް އަގަރްތައް އެއްކޮށް ވިރެންދެން މެދު ގިނީގައި ކައްކާށެވެ. ދެން ތެލީގެ ތެރެއަށް ގެރިކިރާއި ރޯސް ސިރަޕް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތަބަކަކަށް އަޅާ ހަލުވިދާ ހިހޫކުރަން ބަހައްޓާށެވެ. އެއަށްފަހު ފުރިޖަށްލާ ފިނިވުމުން ބޭނުން ޑިޒައިނަކަށް ކަފާށެވެ.
