އިސްލާމީ އަންހެން ޝަޚްޞިއްޔަތު- މަލަހަޔާތީ

ކެއުމަލަހަޔަތީ ނުވަތަ މަލަހަޔާތީ އަކީ އިންޑޮނޭޝިއާގެ ސުމަޓްރާގެ ޒަމާނީ އަޗޭ ޕްރޮވިންސްގެ ސަރަހައްދުގައި 16 ވަނަ ގަރުނުގައި ވެރިކަން ކުރަމުން ދިޔަ އަޗޭ ރަސްކަމުގައި ކަނޑުގެ ސިފައިންގެ ތާއީދު ލިބިފައިވާ ބޭފުޅެކެވެ. އެއީ އެ ޒަމާނުގެ ދުނިޔޭގައި ފުރަތަމަ އަންހެން ސިފައިންގެ ވެރިޔާއެވެ.

މަލަހަޔާތީ އަކީ އަޗޭ ދައުލަތުގެ ވެރިކަމުގެ މަޗްމުދު ސިޔާހުގެ ދަރިކަނބަލެކެވެ. އިސްލާމީ މަދަރުސާއެއް ކަމަށްވާ ޕެސަންތުރޭން ކިޔެވުމަށްފަހު ކިޔެވުން ކުރިއަށް ގެންދެވީ މަޢުހަދު ބައިތުލް މަޤްދީސްގެ ނަމުން މަޝްހޫރު އަޗޭ ރޯޔަލް މިލިޓަރީ އެކަޑަމީންނެވެ.

 

ޕޯޗުގީޒުންގެ އަތްދަށަށް އެ ގައުމު ވެއްޓުމާ ގުޅިގެން އަޗޭ ވެގެން ދިޔައީ ވަރުގަދަ ސަރަހައްދަކަށެވެ. ވިޔަފާރި ބޯޓުފަހަރުގެ މަގުތައް ހަމައެކަނި އޭޝިއާގެ ވިޔަފާރިވެރިންނަށް އެކަނި ބެހެއްޓުމަށް ކަށަވަރުކޮށްދިނެވެ. އެ ރަސްކަމުގެ ލީޑަރު، ސުލްޠާން އަލައުއްދީން މަންސޫރު ސިޔާޙް އޭނާގެ އަސްކަރީ ބާރު ވަރުގަދަ ކުރެއްވީ، ބާރުގަދަ ކަނޑުގެ ސިފައިން ބިނާކުރައްވައިގެން، އެ ސިފައިންނަށް އޭނާގެ ފަސްޓް އެޑްމިރަލްގެ މަގާމަށް އަޗޭގެ ޚަވާރިޖާ ހަނގުރާމަވެރިއެއް ކަމަށްވާ މަލަހަޔާތީ އައްޔަން ކުރެއްވުމަށެވެ. އަޗޭ ސިފައިންނާއި އެހެން ޖެނެރަލުން އަބަދުވެސް މަލަހަޔާތީއަށް އިޙްތިރާމް ކުރަމުން ދިޔައެވެ. އަދި ޕޯޗުގީޒުންނާއި އިގިރޭސީންނާއިއެކު ކުރެއްވި އެތައް ހަނގުރާމައެއްގައި އެކަމަނާ ވަނީ ލެޖެންޑަރީ ކޮމާންޑަރެއްގެ ގޮތުގައި ސާބިތުކޮށްދެއްވާފައެވެ.

 

1599  ވަނަ އަހަރު އިނގިރޭސީން އެކްސްޕެޑިޝަން ކޮމާންޑަރު ކޮރްނެލިސް ޑި ހޫޓްމަން އަޗޭ ބަނދަރަށް ވަޑައިގެންނެވިއެވެ. ސުލްޠާން އޭނާ ސުލްޙަވެރިކަމާއެކު ޤަބޫލުކުރެއްވިއެވެ. އަޗޭއަށް ވަޑައިގަތުމުގެ ކުރިން ޖާވާގެ ހުޅަނގު އުތުރުގައި އޮންނަ ބަންޓެން ގެ ވެރިކަމުގައި ކުރިން ކުރިމަތިލާފައިވާ އިގިރޭސީން އެކްސްޕެޑިޝަން ކޮމާންޑަރު ކޮރްނެލިސް ޑި ހޫޓްމަން އެމީހުންނަށް ހަމަލާދޭން ނިންމިއެވެ. ޑި ހޫޓްމަން ގޮންޖެހުމަށް ރައްދުދީގެން މަލަހަޔާޓީ އޭނާ ބާލީ ސިފައިންގެ ތެރޭގައި އިސްކޮށް ހުންނަވާ އެތައް އަނިޔާވެރި ހަނގުރާމަތަކަކަށްފަހު އެންމެ ފަހުން 11 ސެޕްޓެމްބަރ 1599 ގައި ޑި ހައުޓްމަން މަރާލެއްވިއެވެ.

 

1600 ވަނަ އަހަރު ޕައުލަސް ވެން ކެއަރޑަން އިސްކޮށް ހުންނަވައިގެން އިނގިރޭސި ނޭވީން އަޗޭގެ އައްސޭރިފަށުގައި އަޗޭގެ ވިޔަފާރި ބޯޓެއްގެ މުދާ ފޭރިގަތެވެ. މި ހާދިސާއަށްފަހު، 1601 ވަނަ އަހަރުގެ ޖޫން މަހު، ޑަޗް އެޑްމިރަލް ޖެކޮބް ވެން ނެކް ހައްޔަރު ކުރުމަށް މަލަހަޔާތީ އަމުރު ކުރެއްވިއެވެ. އޭގެ ސަބަބުން އިނގިރޭސި ނޭވީގެ ދަތުރުތަކަށް ހުރަސްއެޅި އެތައް ހާދިސާތަކެއް ކުރިމަތި ކުރުވިއެވެ. 1601 ވަނަ އަހަރުގެ އޮގަސްޓް މަހު މަލަހަޔާތީ ވަނީ މުއާހަދާއެއްގެ އެއްބަސްވުމަކަށްޓަކައި ސްޕެއިންގެ ސަފީރުންނާ ބައްދަލުކުރައްވާފައެވެ. ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ އިނގިރޭންސިންގެ އަމަލުތަކުގެ ބަދަލުގެ ގޮތުގައި އެމީހުން 50 ހާސް އިނގިރޭސިފައިސާގެ ބަދަލުގައި މަލަހަޔާޓީ ވަނީ އިނގިރޭސި ގައިދީން މިނިވަންކޮށްފަ އެވެ. މި އެއްބަސްވުމަށްފަހު ރަސްގެފާނު ވަނީ ނެދަލެންޑްސްއަށް ތިން ސަފީރަކު ފޮނުއްވާފައެވެ.

1602 ވަނަ އަހަރުގެ ޖޫން މަހު އަޗޭ ރަސްކަމުގެ ބެލެނިވެރިއެއްގެ ގޮތުގައި މަލަހަޔާތީގެ އަގުވަޒަން ކުރުމުން އިނގިރޭސިވިލާތުން އަޗޭ ކަނޑުއޮޅިއަށް ވަނުމަށް ސުލްހަވެރި، ޑިޕްލޮމެޓިކް ގޮތެއް އިޚްތިޔާރު ކުރިއެވެ. އޭރުގެ ރާނީ އެލިޒަބަތު 2 ގެ ސިޓީއެއް ލަންކަސްޓަރ މެދުވެރިކޮށް ރަސްގެފާނަށް ފޮނުވިއެވެ. އެ ސިޓީއާއިއެކު މަޝްވަރާ ކުރުމުގައި އިސްކޮށް ހުންނެވީ މަލަހަޔާތީއެވެ. މި އެއްބަސްވުމުގެ ސަބަބުން އިނގިރޭސިންގެ މަގު ޖާވާއަށް ހުޅުވި، އޭގެ މާގިނަ ދުވަހެއް ނުވެ އެމީހުންނަށް ބަންޓެންގައި ވިޔަފާރި އޮފީސްތައް އެޅުމުގެ ފުރުސަތު ލިބުނެވެ. އޭރުގެ ރާނީ އެލިޒަބަތު 2 ވަނީ އަޗޭ އާއި ބަންޓެންގައި ކާމިޔާބު ޑިޕްލޮމެސީއެއް ގެންގުޅުއްވި ކަމަށްޓަކައި ލަންކަސްޓަރއަށް އިނާމު ދެއްވާފައެވެ.

 

މަލަހަޔާޓީ އަވަހާރަކޮށްލާފައިވަނީ ޕޯޗުގީޒުންގެ ފްލީޓަށް ހަމަލާ ދެމުން ދަނިކޮށް އެ ހަނގުރާމައިގެ ތެރެއިންނެވެ. އެކަމަނާ ވަޅުލާފައިވަނީ ބަންޑާ އަޗޭ އާއި 34 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ މަސްވެރި ރަށެއް ކަމަށްވާ ލެރެންގް ބުކިޓް ކޮޓާ ދަލަމްގައެވެ.

ބައެއް ތާރީޚް ލިޔުންތެރިން ކެއުމަލަހަޔާޓީ އަކީ ކެތަރިން ދަ ގްރޭޓް އާއި އެއްވަރު މީހެއްގެ ގޮތުގައި ސިފަކުރެއެވެ.  އެއީ ރަޝިޔާގައި ގިނަދުވަސްތަކެއްވަންދެން ވެރިކަންކުރެއްވި ރާނީއެކެވެ. އެކަމަނާއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތައް ޗައިނާއާއި ހުޅަނގުގެ ބައެއް އަދަބިއްޔާތުން ފެނިގެންދެއެވެ. އެކަމަނާއަކީ މުސްލިމް އުއްމަތުގެ ދިފާއުގައި މެދުޒަމާނުގައި ހަނގުރާމަ ކުރެއްވި ނަމޫނާ ޝަޚުޞިއްޔަތެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *